twitterviber whatsapp telegramfacebookyoutube instagram
17th April 2024

ސިންގަޕޫރުގައި އާއިލާއަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިރާގުން ދެނީ

Sep 4, 2014

ސިންގަޕޫރުގައި މުޅިއާއިލާއަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާ ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ މުޅިން އަލަށް ދިރާގު ޕޯސްޓްޕެއިޑް ޕްލޭނެއް ނަންގަވާ ބޭފުޅުންނަށް އަމާޒުކޮށް ހިންގާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގުން ބުނި ގޮތުގައި އަލަށް ޕޯސްޓްޕެއިޑް ޕްލޭނެއް ނެގުމާއެކު، އެބޭފުޅެއްގެ ނަންބަރު ލަކީޑްރޯއެއްގައި ހިމެނިގެންދާނެ ކަމަށާއި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިފަރާތަކަށް އާއިލާގެ ހަތަރު ބޭފުޅަކާއެކު ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލެއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ލަކީޑްރޯއިން ހޮވޭ ނަސީބުވެރިފަރާތަށް ލިބޭ އިނާމުގެ ތެރޭގައި ސިންގަޕޫރުގެ ދެކޮޅުދަތުރު ޓިކެޓާއި، ހުރުމުގެ ހަރަދާއި، ސިންގަޕޫރުގެ ހާއްސަ ތަންތަން ބަލާލުމުގެ ދަތުރުތަކާއި ދަތުރު އެލަވަންސްގެ ގޮތުގައި1000ޑޮލަރު ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ސިންގަޕޫރުގެ ހާއްސަ ތަންތަން ބަލާލުމުގެ ފުރުސަތު ލިބޭއިރު އޭގެ ތެރޭގައި ނައިޓް ސަފާރީ އާއި ރިވާ ކްރޫޒްގައި ދަތުރު ކޮށްލުމުގެ ފުރުސަތާއި ގާރޑަން ބައިދަބޭ އަށް ޒިޔާރަތް ކޮށްލުމުގެ އިތުރުން ޔުނިވާސަލް ސްޓޫޑިއޯ އަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ޕްރޮމޯޝަންގެ ތެރޭގައި ޕޯސްޓްޕެއިޑް ޕެކޭޖެއް ނަގާ ކޮންމެ ކަސްޓަމަރެއްގެ ފުރަތަމަ މަހުގެ މަހުފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ނޮވެމްބަރު މަހުގެ މެދުތެރޭގައި ނަސީބުވެރިޔާ ހޮވުމަށް ފަހު ޑިސެމްބަރު މަހުގެ ބޮޑު ޗުއްޓީގައި ސިންގަޕޫރަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަށް ދިރާގުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355