twitterviber whatsapp telegramfacebookyoutube instagram
2nd April 2026

އުރީދޫ އިން މިނީ ޑޭޓާ ޕެކޭޖެއް ތައާރަފު ކޮށްފި

Sep 24, 2014

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މޮބައިލް ނެޓްވޯކްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސްއިން 10ރ. އިން ފެށޭ މިނީ ޑޭޓާ ޕެކްސްގެ ތިން ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

މިއަދު ތައާރަފު ކޮށްފައިވަނީ އެއް ގަޑިއިރު، އެއް ދުވަސް އަދި އެއް ހަފްތާއަށް ހާއްސަ ޕެކޭޖްތަކެކެވެ.

އުރީދޫއިން ބުނީ އެއްގަޑިއިރަށް ހާއްސަ ކުރެވިފައިވާ 10ރ. ހާއްސަ ޕެކަށް 30 އެމްބީގެ ހިލޭ ޑޭޓާ އެލަވަންސް ލިބޭއިރު އެއްދުވަހަށް ހާއްސަ ކުރެވިފައިވާ 20ރ. ޕެކަށް 100އެމްބީގެ ހިލޭ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި އެއްހަފްތާއަށް ހާއްސަ ކުރެވިފައިވާ 30ރ. ގެ ޕެކަށް 150އެމްބީގެ ހިލޭ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށްވެސް އުރީދޫއިން ބުނެ އެވެ.

” މިތައާރަފުކުރި މިނީ ޑޭޓާ ޕެކްސްތަކުގެ ސަބަބުން ޓެކްނޮލޮޖީއަށް އަހުލުވެރި ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. މިޕެކްސްތައް ތައާރަފް ކުރެވުމާއެކު އުރީދޫގެ ޑޭޓާ ޕްރޮޑަކްޓްސްއަށް އިތުރުވެގެން މިދިޔައީ. ބޭނުންވަނީ ކުޑަ ޑޭޓާ ކޮޅެއް ވިޔަސް ނޫނީ ޖަންބޯ ޑޭޓާ ވިޔަސް، އުރީދޫއިން މިހާރު ހުރިހާ ކަސްޓަމަރުންނަށް އެކަށޭނެ ޑޭޓާ ޕެކޭޖުތައް ލިބެންހުންނާނެ.” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

*#929 އަށް ގުޅުމުން މި ފެކްތައް ފަސޭހަކަމާކު އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355