twitterviber whatsapp telegramfacebookyoutube instagram
7th July 2025

އުރީދޫ ތްރީޖީ ޕްލަސްގެ ނެޓްވޯކް ރާއްޖޭގެ 95 އިންސައްތައަށް!

Oct 16, 2014

އުރީދޫ މޯލްޑިވްސްއިން ތްރީޖީ  ޕްލަސްގެ ނެޓްވޯކް ރާއްޖޭގެ 95 އިންސައްތައަށް ފޯރުކޮށްދޭން ފަށައިފި އެވެ.

އުރީދޫއިން މިދިޔަ ޖުލައި މަހު ކުރިއަށް ގެންދިޔަ ނެޓްވޯކް މޮޑަނައިޒޭޝަންގެ މަޝްއޫރުގެ ދަށުން ރާއްޖޭގެ އުތުރު 64 ރަށެއްގައި އެންމެ ފުރިހަމަ ތްރީޖީ ނެޓްވޯކް އެންމެ ފުރިހަމަ ސްޕީޑާއި އެންމެ ފުރިހަމަ ކަނެކްޓިވިޓީ އިތުރު ފުރިހަމަކަމާ އެކު ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާނެ ކަމަށް އުރީދޫއިން ހާމަކުރެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި މިޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީގެ 95 އިންސަތައަށް ތްރީޖީގެ ހިދުމަތް ލިބިގެން ދާނެކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބެންފަށާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން އެޑިއުކޭޝަން މެދުވެރިކޮށް އިލްމް އުނގެނުމާއި ވިޔަފާރިތައް އޮންލައިންކޮށް އިތުރަށް ފުޅާކުރެވެމުންދާ ކަން ވެސް އެފަރާތުން ހާމަ ކުރެ އެވެ.

އުރީދޫ އަކީ މިހާރު ތްރީޖީގެ ނެޓްވޯކް އެންމެ ފުޅާ ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކްގެ އިތުރުން 4ޖީ އެލްޓީއީ ނެޓްވޯކް ފުޅާކުރުމުގެ ޕްރޮޖެކްޓެއްވެސް ވަނީ އެފަރާތުން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355