twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އައްޑޫގައި އުރީދޫގެ އައު ސޭލްސް ޕާޓްނަރަކަށް ލިންކްސާވް

Oct 19, 2014

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އައު ސޭލްސް ޕާޓްނަރ ފިހާރައެއްގެ ގޮތުގައި އައްޑޫ ލިންކްސާވް ހުޅުވައިފި އެވެ.

ހިތަދޫގައި ހުޅުވި ސޭލްސް ޕާޓްނަރ ފިހާރައިގެ ސަބަބުން ހިތަދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އުރީދުގެ ގިނަގުނަ ޑޭޓާ ޑިވައިސްތައް ކަމަށްވާ ޑޮންގަލް، މައިފައި، ރައުޓަރ އަދި އެކްޓިވޭޝަންގެ އިތުރުން ރީޗާޖު އާއި ރާސްޓަސް އަދި ބިލް ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ހިތަދޫ ލިލީ މަގުގައި ހުންނަ މި ފިހާރަ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 09:00 ން ރޭގަނޑު 23:00 އަށެވެ.

ލިންކް ސާވް ރީޓެއިލް ފިހާރަތަށް މާލެ، ހުޅުމާލެ، ކުޅުދުއްފުށި އަދި އައްޑޫގައި ހުންނައިރު އުރީދޫގެ ހިދުމަތްތަކާއި ޑިވައިސްތައް މި ހުރިހާ ފިހާރަތަކަކުންވެސް ލިބެން ހުންނާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293