twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުރީދޫއިން އެލްޓީއީ އެޑްވާންސްޑް ނެޓްވޯކް ރާއްޖޭގައި ޓެސްޓުކޮށްފި

Oct 24, 2014

އުރީދޫ މޯލްޑިވްސްއިން އެންމެ ފަހުގެ މޯބައިލް ޓެކްނޮލޮޖީކަމަށްވާ އެލްޓީއީ އެޑްވާންސްޑް ނެޓްވޯކު ކާމިޔާބުކަމާއެކީ ޓެސްޓުކޮށް ނިންމާލައިފި އެވެ.

އުރީދޫއިން ހާމަކުރާ ގޮތުގައި އެލްޓީއީ އެޑްވާންސްޑް ނެޓްވޯކު މެދުވެރިކޮށް 300 އެމްބީޕީއެސް އާހަމަޔަށް ސްޕީޑު ލިބޭނެ އެވެ. އެއީ ‘ކެރިޔަރ އެގްރިގޭޝަން’ ނުވަތަ ގިނަ ފްރީކުއެންސީތަކެއް އެއްކޮށްލައިގެން ކަސްޓަމަރުންނަށް ބޮޑު ބޭންޑްވިތެއްގައި އިންޓަނެޓްގެޚިދުމަތް އެލްޓީއީ-އޭ ނެޓްވޯކު މެދުވެރިކޮށް ލިބުމުންނެވެ.

“މިއަދު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަ ކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެލްޓީއީ އެޑްވާންސްޑް ނެޓްވޯކުގެ ޓެސްޓުތައް ވަނީ ކުރެވިފަ. މެދުކެނޑުމެއްނެތި 150 އެމްބީޕީއެސް އަށްވުރެ މަތިން ސްޕީޑު ލިބުމާއެކީ މޯބައިލް ޓެކްނޮލޮޖީ އޭގެ އެންމެ ފުރިހަމަކަމާއެކީ ތަޖުރިބާކޮށްލެވޭނެ. މިއައު ޓެކްނޮލޮޖީއަކީ ވަރަށް މަދު މާކެޓްތަކެއްގައި ތަޢާރަފްކޮށްފައިވާ ޓެކްނޮލޮޖީއަކަށް ވީހިނދު، އުރީދޫއިން ވަރަށް ފަޚުރުވެރިވަން އެންމެ ފަހުގެ ޓެކްނޮލޮޖީތައް މެދުވެރިކޮށް އެންމެ ފަހުގެ އީޖާދުތައް ރާއްޖެއަށް ތަޢާރަފްކުރެވޭތީ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެންމެ ކުރީގައި ތިބެން، އަދި މިއަދު އެންމެ ފަހުގެ ޖީލުތަކުގެ ސްމާޓްފޯނުތައް ކަމަށްވާ ސެމްސަންގް ގެލެކްސީ އަލްފާ ފަދަ ފޯނުތަކަށް އެލްޓީއީ-އޭ ސަޕޯޓްކުރާ އިރު، އަޅުގަނޑުމެން މިތިބީ އެއަށް ސަޕޯޓްކުރާ ނެޓްވޯކާއެކު.” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫގެ އެލްޓީއީ-އޭ ނެޓްވޯކު މާލޭގައި މިހާރު ތަޖުރިބާ ކުރެވޭނެއެވެ. ރާއްޖޭގައި ޚިދުމަތް ދޭންފެށުމުގެ ފަހުން އުރީދޫއިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެއަށް 2005 ވަނަ އަހަރު 2 ޖީ ނުވަތަ އެޖް ތަޢާރަފްކޮށް، 2008 ވަނަ އަހަރު 3 ޖީޕްލަސް ނެޓްވޯކު ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށް އަދި 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް 4 ޖީ ނުވަތަ އެލްޓީއީ ތަޢާރަފްކޮށްފައެވެ. އަދި މިއަދު އުރީދޫއިން މިވަނީ އެލްޓީއީއޭ ނެޓްވޯކު ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަޢާރަފް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355