twitterviber whatsapp telegramfacebookyoutube instagram
14th December 2025

އުރީދޫއިން 4ޖީ އެލްޓީއީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Oct 27, 2014

އުރީދޫ މޯލްޓިވްސްއިން ސުޕަރ ފާސްޓް 4ޖީ އެލްޓީއީގެ ހާއްސަ ޕްރޮމޯޝަންތަކެއް އިއްޔެ ފަށައިފި އެވެ.

30ނޮވެމްބަރ 2014 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ހާއްސަ ޕްރޮމޯޝަންގައި އަލަށް ޕެކޭޖް އެކްޓިވޭޓް ކުރައްވާ އަދި މިހާރު ބޭނުން ކުރައްވާ ޕޯސްޓްޕެއިޑް އެލްޓީއީ549 ނޫނީ އެލްޓީއީ999 ޕެކޭޖަށް އަޕްގްރޭޑް ކުރެއްވުމުން ފުރަތަމަ މަހުގެ ފީ މުޅިން ހިލޭ ލިބިވަޑައި ގަންނަވާނެ ކަމަށް އުރީދޫއިން ހާމަކުރެ އެވެ.

އެގޮތުން 190ރ އަށް 6 ޖީބީގެ ޑޭޓާ އެލެވެންސް 4ޖީ ނެޓްވޯކް ބޭނުން ކުރެވޭނެ ކަމަށާއި އޭގެ އިތުރުން ފުރަތަމަ ފަހަރަށް ޕްރިޕެއިޑް މެދުވެރިކޮށް ވެސް 4ޖީ ނެޓްވޯކް މިހާރު ބޭނުން ކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއަކީ 4ޖީ އެލްޓީ ނެޓްވޯކް ތައާރަފް ކުރިފުރަތަމަ ކުންފުންޏެވެ. އަދި މި ހިދުމަތް ފޯނުތަކަށް ދެމުންދާ ހަމައެކަނި ނެޓްވޯކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355