އެއްވަނަ އިނާމެއްގެ ގޮތުގައި 40 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް އޮޕްޓިކަލް ކޮމްޕެނީ (އެމްއޯސީ) ބުކްޝޮޕްއިން ފަށައިފި އެވެ.
ކުޅުދުއްފުށީ އެމްއޯސީ ބުކްޝޮޕްގެ މެނޭޖަރ އަބުދުލް ރަހުމާން މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮމޯޝަނަކީ އެ ބުކްޝޮޕްއިން ފޮތްލިސްޓް ނަގާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެއް ކަމަށާއި ފޮތްލިސްޓް ނަގާ ހުރިހާ ފަރާތްތަކަކަށްވެސް ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ލަކީޑްރޯއިން ގުރުއަތުން ނެގޭ ފުރަތަމަ ފަރާތަކަށް 40 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާކުރަން ހަމަޖެހިފައިވާއިރު ދެވަނައަށްދާ ފަރާތަކަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކުރަން އެމްއޯސީ ބުކްޝޮޕއިން ވަނީ ނިންމާފަ އެވެ. އަދި ތިންވަނައަށްދާ ނަސީބުވެރި ފަރާރަކަށް ސެމްސަގް ގެލްކްސީ މޯބައިލް ފޯނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ކޮންމެ ސަތޭކަވަނަ ފޮތްލިސްޓަކަށް ހާއްސަ އިނާމްތަކެއް ދެވޭނެ ކަމަށާއި އެ ހަދިޔާތަކުގައި ހިމެނޭނީ ލިޔެ ކިޔުމަށް ބެނުންކުރާ ސްޓޭޝަނަރީގެ ބާވަތްތަށް ކަމަށް އަބުދުލް ރަހުމާން ވިދާޅުވި އެވެ.
އޮކްޓޯބަރ 30 ން ޖެނުއަރީ 20 ށް ކުރިއަށްދާ މި ހާއްސަ ޕްރޮމޯޝަނުގެ ގުރުއަތުނެގުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ދޯންޏަށާއި ގޭގެއަށް ހިލޭ ފޮތްލިސްޓް ގެންގޮސްދިނުމުގެ ހިދުމަތްވެސް އެ ބުކްޝޮޕްއިން ކުރެ އެވެ.
އެމްއޯސީ ބުކްޝޮޕަކީ ކުޅުދުއްފުށިގައި ހުޅުވުނު އެންމެ ފުރަތަމަ ބިކްޝޮޕެވެ. އަދި މި އަތޮޅާއި ކައިރި އަތޮޅުތަކުގެ ގިނަ ބަޔަކު ފޮތްލިސްޓް ނަގަމުންދަނީވެސް އެމްއޯސީ ބުކްޝޮޕްއިންކަން ފާހަގަކޮށްލެވެ އެވެ.