twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބެސްޓް ބަޑީ ފިހާރައިން ފޮތްލިސްޓް ނަގައިގެން ޗައިނާ އާއި ސްރީލަންކާއަށް ދިއުމުގެ ފުރުސަތު

Nov 19, 2014

ކުޅުދުއްފުށީ ބެސްޓް ބަޑީ ބުކްޝޮޕްއިން ފޮތްލިސްޓް ނަގައިގެން ޗައިނާއަށާއި ސްރީލަންކާއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ފަށައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ބެސްޓް ބަޑީ ބުކްޝޮޕްގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވީ އެ ފިހާރައިން ޕްރީސްކޫލް ފޮތްލިސްޓްގައި ހިމެނޭ ހުރިހާ ތަކެއްޗަށް ލިބެން ހުންނާނެ ކަމަށާއި ފޮތްލިސްޓް ނަގާ ހުރިހާ ފަރާތަކަށްވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ލަކީޑްރޯގައި އެއްވަނައަށް ހޮވޭ ނަސީބުވެރިޔާއަށް ޗައިނާއަށް ދެކޮޅު ޓިކެޓް ނުވަތަ 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށްދާ ފަރާތަކަށް ސްރީލަންކާއަށް ދެކޮޅު ޓިކެޓް ނުވަތަ 4000 ރުފިޔާ ދިނުމަށް ބެސްޓް ބަޑީ ބުކްޝޮޕްއިން ވަނީ ނިންމާފަ އެވެ. އަދި ތިންވަނައަށްދާ ނަސީބުވެރިޔާއަށް ކުޑަކުދިންގެ ބެޓަރީ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުން އެ ފިހާރައިން ފޮތްލިސްޓް ނަންގަވާ ކޮންމެ ފަރާތަކަށް އަންނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ކުރާ ކޮންމެ 100 މަތީގެ ވިޔަފާރީއަކަށް 10% ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރ މަހުގެ 31 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެއިރު މި ޕްރޮމޯޝަނުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ހުޅުވުނު ބެސްޓް ބަޑީ ބުކްޝޮޕްއިން ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ޕްރީސްކޫލްގެ ފޮތްލިސްޓެވެ.

މިދިޔަ އަހަރުވެސް އެ ފިހާރައިން ފޮތްލިސްޓް ނެގި ފަރާތްތަކުގެ މެދުގައި ގުރުވަތުލާ ނަސީބުވެރި ފަރާތަށް ކުޑަކުދިންގެ ބެޓަރީ ސައިކަލެއް ހަދިޔާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355