twitterviber whatsapp telegramfacebookyoutube instagram
17th March 2026

ފަމޯސޯ ގެސްޓް ހައުސްއަށް ޓޫރިސްޓުން އަންނަން ފަށައިފި

Nov 22, 2014

ކުޅުދުއްފުށީގައި ހުޅުވި ފުރަތަމަ ޓުއަރިސްޓް ގެސްޓް ހައުސް ކަމަށްވާ ފަމޯސޯ އިން ކުޅުދުއްފުށިއަށް ޓުއަރިސްޓުން އަންނަން ފަށައިފި އެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ މި ގެސްޓް ހައުސްގެ ފުރަތަމަ ޓުއަރިސްޓުން ކުޅުދުއްފުއްޓަށް ގެނެސްފަ އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ފަމޯސޯ އިން ކުޅުދުއްފުށި ހިނގަމުން އަންނަ ފަމޯސޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ  ޑިރެކްޓަރ ފާތިމަތު މުހައްމަދު ވިދާޅުވީ ހުކުރު ދުވަހު ގެސްޓް ހައުސްއަށް އައިސްފައިވަނީ އިންޑިޔާގެ ޓުއަރިސްޓަކާއި ޖަޕާންގެ ދެ ޓުއަރިސްޓުން ކަމަށެވެ.

ފާތިމަތު ވިދާޅުވީ ޓުއަރިސްޓުންނަށް މަރުހަބާ ކިޔާފައިވަނީ ބޮޑުބެރާއިއެކު ސަގާފީ ގޮތަކަށް ކަމަށާއި މި ޓުއަރިސްޓް އައިސްފައި މިވަނީ އެއްދުވަހަށް ކަމަށެވެ.

މިއަދު ހަވީރު ޓުއަރިސްޓުން ފުރަން ހަމަޖެހިފައިވާއިރު ގެސްޓް ހައުސްގެ ފަރާތުން ރޫމާއި ކެއުމުގެ ހިދުމަތް ހަމަޖައްސައިދޭ ކަމަށް ފާތިމަތު ވިދާޅުވި އެވެ.

އަދި ފަމޯސޯގެ އުއްމީދަކީ އެ ގެސްޓް ހައުސްއަށް މެދުކެނޑުމެއް ނެތި ޓުއަރިސްޓުން ޒިޔާރަތްކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355