twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޯކު ބުއިމުގެ ކުރިން ވިސްނާލާ!

Nov 25, 2014

ކޯކު ނުވަތަ ކޮކާ ކޯލާ އަކީ މުޅި ދުނިޔެގެ އެންމެ ހިނގާ އެއް ބުއިމޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ. އަދި ހަމަ އެގޮތަށް ރައްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ އެއް ބުއިމަށް ކޯކު ވާނެ އެވެ.

ސުވާލަކީ ކޯކު ބޭނުން ކުރާ ގިނަ މީހުންނަށް މިއީ ކޮންކަހަލަ ބުއިމެއްކަން އެނގެނީ ކިހާވަރަކަށް ބާ އެވެ.

ކޯކު އެންމެ ފުރަތަމަ އުފެއްދި އިރު އުފައްދާފައިވަނީ ކޮކޭން ބޭނުން ކޮށްގެންނެވެ. ކޯކަށް “ކޮކާ ކޯލާ” މިނަން ލިބުނު ގޮތަކީވެސް މިއެވެ.

ކޯކު ބުއިމުގެ ސަބަބުން ލޭގެ ޕްރެޝާ މައްޗަށް ދެ އެވެ. ސަބަބަކީ ކޯކު ބުއިމަށް ފަހު 20 މިނިޓް ތެރޭގައި ކޯކުގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ހުރިހާ ހަކުރެއް “ފެޓަށް” ބަދަލުކޮށްލާތީ އެވެ. އަދި ހަށިގަނޑުގައި ހުންނަ ހުރިހާ ކެލްސިއަމް، މެގްނީސިއަމް އަދި ޒިންކް ހަށިގަނޑުން ބޭރުކޮށްލަ އެވެ.

ކޮކާ ކޯލާގެ ސަބަބުން ހަށިގަނޑު ތެރެއަށްގިނަ އަދަދަކަށް ހަކުރާއި ކެފޭން އެތެރެވެ އެވެ. އެގޮތުން ލޭގައި ހަކުރު އިތުރުވުމުގެ ސަބަބުން ސިކުނޑިތެރޭގައި ހުންނަ ސެލްތައްބްލޮކް ކޮށްލާ ނިދުމާ ދުރުކޮއްލައެވެ. އަދި ކެފޭންގެ ސަބަބުން ގިނައިން ކުޑަކަމުދާން ޖެހެއެވެ.

ޑައިބެޓީސްގެ މައްސަލަތައް ހުންނަ މީހުން ކޯކު ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ ކޯކު ތައްޓެއްގައި 10 ސަމުސާ ހަކުރު ހިމެނެ އެވެ. އަދި ކޯކުގެ ހިމެނޭ ކެމިކަލްއެއްގެ ސަބަބުން ދަތްތައް ހަލާކުވުމަށް މަގުފަހިވެ އެވެ.

ކޯކުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ތަންތަން ސާފުކުރުމުގައި ވެސް ކޯކުގެ ބޭނުން މީހުން އަންނަނީ ހިފަމުންނެވެ. ކޮކާކޯލާ އިން ލިބޭ ގެއްލުން އެނގުން ކަމުގައި ވިޔަސް އެއީ އަދިވެސް ގިނަ ބައެއްގެ އެންމެ މަގުބޫލު ބުއިމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355