twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފެނެއް ނެތް ކަރަންޓެއް ނެތް: ނޮޅިވަރަންފަރު ރައްޔިތުންގެ ހާލަތު

Dec 22, 2014

މިދިޔަ ހުކުރު ދުވަހު ނޮޅިވަރަންފަރަށް ކުރި ވިއްސާރާގައި އެރަށުގެ ނަރުދަމާ ނިޒާމުގައި މައްސަލަޖެހި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވަނީ ގިނަގުނަ ދަތިތަކާ ކުރިމަތި ލާންޖެހިފަ އެވެ.

އެރަށަށް ކުރިވިއްސާރާގައި ފެން ބޮޑުވެ ޖަންކްޝަން ތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ފެންވެރުމަށާއި އެއްޗެހި ދޮވުމަށް ބޭނުން ކުރަމުން އައި ވަޅުފެންވަނީ  ބޭނުން ނުކުރެވޭފަދަ ހާލަތެއްގަ އެވެ. މިހާލަތުން މިންޖު ނުވަނީސް އެރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ 2 ޖަނަރޭޓްގެ ތެރެއިން ބޮޑު ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ ރަށުގެ ބޮޑު ބަޔަކުންވަނީ ކަރަންޓު ކެނޑިފަ އެވެ.

އަދިވެސް ކަރަންޓުގެ މައްސަލަ މުޅިން ހައްލު ކުރެވިފައިނުވާއިރު އެރަށުގެ ރައްޔިތުންނަށް ވަނީ ގިނަ އުދަނގޫ ތަކަކާ ކުރިމަތި ލާންޖެހިފަ އެވެ.

ކުޅުދުއްފުށި އޮންލައިނަ”ށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ފެނުގެ މައްސަލަ” ހައްލު ކުރެވެން އަންނަނީ ނަރުދަމާގެ މަސައްކަތް ހައްލުކުރެވިގެން ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އެންމެ ފަހުން އެރަށަށް ލިބިފައިވާ 200 ކިލޯ ވޯޓްގެ ޖަނަރޭޓަރު އަދިވެސް ހުރީ އިންސްޓޯލް ނުކުރެވި ކަމަށެވެ.

ފެނުގެ ހައްލުކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންނާއި ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން އެރަށަށް ފެންފޯރު ކޮށްދިނުމަށް ހަމަޖެހިފައިވީ ނަމަވެސް ރަށުގެ ހާލަތު ހުރިގޮތުންނާއި ރަށުގައި ރައްޔިތުންނަށް ފެންދޫކުރެވޭނެ ފަދަ ނިޒާމެއް ހަމަޖެހިފައިނުވާތީ އެ މަސައްކަތްވަނީ ހުއްޓިފަ ކަމަށްވެސް ތައުފީގް ވިދާޅުވި އެވެ.

“އެ ފެން އަދި މިހާ ހިސާބަށް ގެނެވުނަސް އެހުރިހާ ފެނެއް މި ކޮޅުގައި ބަހައްޓާނެ ގޮތެއްވެސް ނެތް” ތައުފީގް ވިދާޅުވި އެވެ.

ތައުފީގު އިތުރަށް ވިދާޅުވީ ބޭނުންވަނީ ބޯފެންނޫން ކަމަށާއި ބޭނުންވަނީ ފާހާނާ ކުރުމަށާއި ފެންވެރުމަށް ބޭނުން ކުރާނެ ފެންކަމަށެވެ. އަދި މިމައްސަލަ ދިމާވެފައިވަނީ ރަށުގެ 2 އަވަށަށް ކަމަށް ވާތީ އަނެއް 2 އަވަށުން ފެންގެނެސް ބޭނުން ކުރެވެން އަންނަނީވެސް ނަރުދަމާ ނޫނީ ފެންހިންދުމަށް ޖަހާފައިވާ ވަޅު ގަނޑުތަކުން ފެންހިންދުމުން ކަމަށެވެ.

އޭގެ އިތުރުން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިރޭގެ ވަގުތެއްގައި މައްސަލަ ހައްލުވެގެން ދާނެކަމަށް ބެލެވޭކަމަށް ތައުފީގް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355