މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ތިން ސިޓީއަކަށް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އިއްޔެ ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި އަންނަ ފެބުރުއަރީ މަހުން ފެށިގެން ޗައިނާ އަށް ކުރާ ދަތުރުތައް އިތުރުކުރާނެ ކަމަށެވެ. އެގޮތުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޝަންޝާ، ނަންޖިން އަދި ޝިއާން ސިޓީއަށް ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
މޯލްޑިވިއަނުން މިހާރު ވެސް ޗައިނާގެ ދެ ސިޓީއެއް ކަމަށްވާ ޗެންގްޑޫ އާއި ވޫހާން އަށް ދަތުރުތައް ބާއްވަ އެވެ.