twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގުން އިތުރު ދެ މޯބައިލް އިންޓަނެޓް ޕްލޭނެއް ތައާރަފް ކޮށްފި

Jan 13, 2015

ދިރާގުން ރާއްޖެއަށް މިހާތަނަށް ލިބެންހުރި އެންމެ ބޮޑު ދެ މޯބައިލް އިންޓަނެޓް ޕްލޭން އިއްޔެ ތައާރަފް ކޮށްފި އެވެ.

ޕަވާ ޑޭޓާ ޕްލޭން އާއި ޕަވާ ޕްލަސް ޑޭޓާ ޕްލޭން ގެ ނަމުގައި އުފައްދާފައިވާ މި ދެ ޑޭޓާ ޕްލޭނަކީ މޮބައިލް ފޯނާއި އޮފީސްތަކަށް އަދި ވިޔަފާރިތަކަށް ހާއްސަކޮށް މިހާތަނަށް ރާއްޖޭގައި ތައާރަފުކުރި އެންމެ ބޮޑު ޑޭޓާ ޕެކޭޖް ނުވަތަ މޮބައިލް އިންޓަނެޓް ޕްލޭން އެވެ.

ތްރީޖީއާއި ފޯޖީ ނެޓްވޯކުގައި ވެސް ބޭނުންކުރެވޭ ގޮތަށް އެކްސެސް ޔޫސޭޖް ޗާޖް އެމް.ބީއަކަށް 10 ލާރީގެ ރޭޓުން ޗާޖުކުރާ މި ހިދުމަތަކީ މިވަގުތު މިވަގުތު ރާއްޖޭގައި ލިބެންހުރި އެންމެ ބޮޑު މޯބައިލް ޑޭޓާ އެލަވެންސް 15ޖީބީ ލިބިގެން ދާނެ ހިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެެވެ.

އޭގެ އިތުރުން އަލަށް ތައާރަޕް ކޮށްފައިވާ ދެ ޕެކޭޖުގެ ތެރެއިން ޕަވާ ޑޭޓާ ޕްލޭނަކީ މޯބައިލް ފޯނުތަކާއި މައިފައި ޑިވައިސް އަދި ޑޮންގުލް ފަދަ ޑިވައިސްތަކަށް ހާއްސަ ޕެކޭޖެކެވެ. އެގޮތުން “ފޯޖީ މައިފައި ޑިވައިސް” އާއި “ފޯޖީ ރައުޓަރ” ގެ ނަމުގައި ދިރާގުންވަނީ ހާއްސަ ދެ ހާއްސަ ދެ ޑިވައިސްއެއް ވެސް ތައާރަޕް ކޮށްފަ އެވެ.

އެގޮތުން ފޯޖީ މައިފައި ޑިވައިސްގެ އެހީގައި 10 މީހުންނަށް އެއްފަހަރާ ފޯޖީ އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. އަދި ފޯޖީ ރައުޓަރުގެ އެހީގައި 32 މީހުންނަށް އެއްފަހަރާ އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.

ޕެކޭޖް ނެންގެވުމަށްޓަކައި ބޭނުންވާ ޑޭޓާ ޕްލޭންގެ އަދަދު ޖެއްސެވުމަށްފަހު 343 އަށް ފޮނުވާލުމުން ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355