twitterviber whatsapp telegramfacebookyoutube instagram
28th July 2026

ސެމްސަން އިން އަލަށް ނެރޭ ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރާ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި

Mar 31, 2015

ސެމްސަން އިން އަންނަ މަހު ދިހައެއްގައި ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް 6 އަދި ގެލެކްސީ އެސް 6 އެޖް ފޯނު ދިރާގު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ދޫކުރާ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް މި ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ސެމްސަން އާ ފޯނު ގަންނަ ފަރާތްތަކަށް ދިރާގުން ވަނީ ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި 6، 9 އަދި 12 މަހުން ފައިސާ ދައްކާ ޕެކޭޖްތައް ހިމެނެއެވެ.

މި ފޯނުތައް ވިއްކަމުންދާނީ ދިރާގުގެ ޕޯސްޓް ޕެއިޑް ޕެކޭޖްތަކާ އެއްކޮށް ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. އަދި ފޯނަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ކޮންމެ މަހެއްގެ ބިލްގައި ހިމެނޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355