twitterviber whatsapp telegramfacebookyoutube instagram
6th June 2025

ޕީއެސްޖީގެ ތަރިންނަށް މެސެޖް ފޮނުވޭ ކެމްޕޭނެއް އުރީދޫ އިން ފަށައިފި

Apr 15, 2015

ފްރާންސުގެ މަޝްހޫރު ފުޓުބޯޅަ ޓީމް، ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އާއި ގުޅިގެން ‘ފޭންސް ޑޫ ވަންޑާސް’ ގެ ނަމުގައި އުރީދޫއިން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން ޕީއެސްޖީގެ އެންމެ މަޝްހޫރު ފަސް ކުޅޫންތެރިން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗް، ތިއާގޯ ސިލްވާ، ޑޭވިޑް ލުއިޒް، ބްލޭސް މަޓުއިޑީ އަދި ލޫކަސް މޯރާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޒުވާން ފޭނުންނަށް އެޓީމުގެ ދަނޑު، ޕާކް ޑެސް ޕްރިންސަސް އިން އުރީދޫ ނެޓްވޯކުތަކާއި އިންޓަނެޓުގެ ބާރުގައި ގުޅާލާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ގޮތަށް މެސެޖް ފޮނުވުމަށްޓަކައި އުރީދޫ އިން ވަނީ ވެބްސައިޓެއް ހަދާފަ އެވެ. މި ވެބްސައިޓަށް ހޭޝްޓެގް ފޭންސް ޑޫ ވޮންޑާސް ޖަހާފަ މެސެޖް ފޮނުވުމުން މި ކެމްޕައިންގައި ބައިވެރިވެވުނީ އެވެ. އަދި ހަމަ މި ހޭޝްޓޭގް ބޭނުންކޮށްގެން ޓްވީޓް ކުރުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ.

މި ކެމްޕޭނުގައި އެންމެ ރަނގަޅު މެސެޖުތައް ފޮނުވާ ފަރާތްތަކަށް ފްރާންސްގެ ޕެރިސް އަށް ގޮސް ޕީއެސްޖީ ކުޅޭ މެޗެއް ބަލާލާއި އެޓީމުގެ ޓްރޭނިން ސެޝަނަށް ދިއުމުގެ ފުރުސަތި ލިބިގެންދާނެއެވެ. އަދި އެ މެސެޖުތައް ޕީއެސްޖީގެ ދަނޑުގެ ބޯޑްތަކުން ގިނަ މެޗުތަކެއްގެ ތެރޭގައި ފެނިގެން ދާނެ އެވެ.

އުރީދޫ އިން ޕީއެސްޖީ އާއިއެކު ޕާޓްނާޝިޕް ފެށީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355