twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގު އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ސްކޫލްގެ ގޮތުގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު މުބާރާތް ނިންމާލައިފި

Aug 10, 2010

ދިރާގު އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ސްކޫލްގެ ގޮތުގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު މުބާރާތް ނިންމާލައިފިއެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ އެސްކޫލް ވާދަކުރި 4 ކެޓަގަރީގެ ތެރެއިން 2 ކެޓަގަރީން ޗެމްޕިއަންކަން ހޯދައި އަދި އެ 4 ކެޓަގަރީގެ ތެރެއިން 2 ކެޓަގަރީން މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމްވެސް ހޯދާފައެވެ.

މުބާރާތުގައި ކުރިޔަށް ދިޔަ 8 ކެޓަގަރީގެ ތެރެއިން 11 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަންކަން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދާފައިވަނީ 30 ޕޮއިންޓް ހޯދައިގެންނެވެ. މިކެޓަގަރީން 18 ޕޮއިންޓް ހޯދައިގެން 2 ވަނަ ތާޖުއްދީން ސްކޫލަކަށް ލިބިފައިވާއިރު 16 ޕޮއިންޓް ހޯދައިގެން 3 ވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓްގެ މަޤާމް ހޯދީ ވާދަކުރި 3 އިވެންޓްގެ ތެރެއިން 2 އިވެންޓުން ރަން މެޑަލް އާއި 1 އިވެންޓުން ލޯމެޑަލް ހޯދައިގެން އިސްކަންދަރު ސްކޫލްގެ މުޙައްމަދު މިރާޝް އިމްތިޔާޒެވެ.

• 11 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން 31 ޕޮއިންޓާއެކު ހޯދާފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 19 ޕޮއިންޓް ހޯދައިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް 2 ވަނަ ހޯދިއިރު 6 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ދ. އަތޮޅު މަދަރުސާ އާއި ތާޖުއްދީން ސްކޫލެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުންވެސް ރަން މެޑަލް ހޯދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢާއިޝަތު ލިއުޝާއެވެ.

• 13 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަންކަން 51 ޕޮއިންޓާއެކު ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. 16 ޕޮއިންޓް ހޯދައިގެން ސ. އަތޮޅު ތަޢުލީމީ މަރުކަޒު 2 ވަނަ ހޯދިއިރު 15 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުންވެސް ރަން މެޑަލް ހޯދި ތާޖުއްދީން ސްކޫލްގެ އަޙްމަދު ޙުސައިން ޒުބައިރުއެވެ.

• 13 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން 31 ޕޮއިންޓާއެކު ހޯދާފައިވަނީ ގދ. ތިނަދޫ އަބޫބަކުރު ސްކޫލެވެ. 24 ޕޮއިންޓް ހޯދައިގެން ތާޖުއްދީން ސްކޫލް 2 ވަނަ ހޯދިއިރު 17 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުގެ ތެރެއިން 2 އިވެންޓުން ރަން މެޑަލް ހޯދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޝިޔާ މުޙައްމަދު ނަޢީމެވެ.

• 15 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަންކަން 85 ޕޮއިންޓާއެކު ހޯދާފައިވަނީ މަޖީދިއްޔާ ސްކޫލެވެ. 16 ޕޮއިންޓް ހޯދައިގެން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް 2 ވަނަ ހޯދިއިރު 11 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ދ. އަތޮޅު މަދަރުސާ އެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުގެ ތެރެއިން 2 އިވެންޓުން ރަންމެޑަލް އާއި 1 އިވެންޓުން ރިހި މެޑަލް ހޯދި މަޖީދިއްޔާ ސްކޫލްގެ ޙަސަން ސާއިފް އެވެ.

• 15 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން 68 ޕޮއިންޓާއެކު ހޯދާފައިވަނީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. 18 ޕޮއިންޓް ހޯދައިގެން އަމީނިއްޔާ ސްކޫލް 2 ވަނަ ހޯދިއިރު 17 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ހިރިޔާ ސްކޫލެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުގެ ތެރެއިން 2 އިވެންޓުން ރަން މެޑަލް އާއި 1 އިވެންޓުން ރިހި މެޑަލް ހޯދި ޖަލާލުއްދީން ސްކޫލްގެ ރިސްފާ މުޙައްމަދެވެ.

• 17 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަންކަން 48 ޕޮއިންޓާއެކު ހޯދާފައިވަނީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. 46 ޕޮއިންޓް ހޯދައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒު 2 ވަނަ ހޯދިއިރު 22 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ މަޖީދިއްޔާ ސްކޫލެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުގެ ތެރެއިން 2 އިވެންޓުން ރަން މެޑަލް އާއި 1 އިވެންޓުން ރިހި މެޑަލް ހޯދި ދ. އަތޮޅު މަދަރުސާގެ ޢަބްދުﷲ މާހިރު އެވެ. ޢަބްދުﷲ މާހިރު ވަނީ ރާއްޖޭގެ ފިރިހެނުންގެ ޖެވެލިން ތްރޯވއިން ޤައުމީ ރިކޯޑްވެސް އާކޮށްފައެވެ.

• 17 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން 43 ޕޮއިންޓާއެކު ހޯދާފައިވަނީ އަމީނިއްޔާ ސްކޫލެވެ. 28 ޕޮއިންޓް ހޯދައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒު 2 ވަނަ ހޯދިއިރު 23 ޕޮއިންޓާއެކު 3 ވަނަ ހޯދާފައިވަނީ ހިރިޔާ ސްކޫލެވެ. މި ޢުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކީ ވާދަކުރި 3 އިވެންޓުންވެސް ރަން މެޑަލް ހޯދި އަމީނިއްޔާ ސްކޫލްގެ އަފާ އިސްމާޢީލް އެވެ.

މުބާރާތް ނިމުމުން މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށާއި މޮޅު އެތުލީޓުންނަށް ޓްރޮފީ ޙަވާލްކޮށްދެއްވީ ދިރާގުގެ މެނޭޖަރ މާކެޓިން، ކޮމިޔުނިކޭޝަން އެންޑް ޕަބްލިކްރިލޭޝަން މުޙައްމަދު މިރްޝާން ޙަސަން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރޖެނެރަލް ޢަބްދުއްރައްޒާޤް އިބްރާހީމް، ސޮނީ ސްޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ކަލީމްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން ޢަލީ މަނިކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355