މިނިވަން ފަންސާސް ފާހަގަ ކުރުމަށް އުރީދޫއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން “ބިގް މިލިއަން އޮފަރ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
11 ޖޫން 2015 އިން 12 އޮގަސްޓް 2015 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމާއި، ބާރަ ހާސް ހަދިޔާ ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އުރީދޫގެ ހިދުމަތްތައް ބޭނުން ކުރައްވާ މިންވަރަކުން ކަސްޓަމަރުންނަށް ޕޮއިންޓް ލިބެމުން ދާނެ ކަމަށާއި މިގޮތުން އުރީދޫގެ “ބިގް މިލިއަން އޮފަރ” ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ލިބޭ އިނާމާއި ކޮންމެ ހަފްތާއަކު ލިބޭ އިނާމުތަކުގެ އިތުރުން “ބިގް މިލިއަން ކޭޝް ޕްރައިޒް” ލިބުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ކޮންމެ ހަފްތާއެއްގެ ޓާގެޓް ހާސިލް ކުރައްވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރިޔާއަށް އައިފޯން 6 އެއް ލިބިގެން ދާނެ ކަމަށާއި އަދި “ބިގް މިލިއަން ކޭޝް ޕްރައިޒް” ގެދަށުން ދިހަ ނަސީބުވެރިންނަށް ޖުމްލަ އެއް މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.
“ބިގް މިލިއަން އޮފަރ” އަކީ މިނިވަން ފަންސާސް ފާހަގަ ކުރުމަށް އުރީދޫ އިން ތަައާރަފް ކޮއްފައިވާ ކެމްޕެއިންގެ ފެށުމެވެ. މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މިކެމްޕެއިންގެ ދަށުން އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެކަމަށާއި މިޕްރޮމޯޝަން ކުރިއަށްދާ ދެމަސްދުވަހުގެ ތެރޭގައި އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހިލޭ ޑޭޓާ އަދި ހިލޭ މިނިޓްސް ލިބިމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.