ނިދި ބޭނުންވެފައިހުރި މިންވަރު އަމިއްލައަށް ދެނެގަނެވޭ ފަދަ ގާބިލްކަން ހުރި އައިނެއް ޖަޕާނުގައި އުފައްދައިފި އެވެ.
މި ސްމާޓް އައިނު އުފައްދައިފައި ވަނީ ޖަޕާނުގެ އައިނު އުފައްދާ ކުންފުންޏެއް ކަމަށްވާ ޖިންސްއިންނެވެ.
“ޖިންސް މީމް ގްލާސްގައި” ހިމެނިފައިވާ ބައޯ ސެންސިން ޓެކްނޮލޮޖީގެ އެހީގައި ބޯ އަދި ލޮލުގެ ހަރަކާތްތަކަށް އަންނަބަދަލުތަށް ޑިޓެކްޓްކޮށް ސްމާރޓް ފޯން ކޮމްޕޭނިއަން އެޕެއްގެ އެހީގައި އެ ހުރިހާ މައުލޫމާތެއް ދައްކުވައިދެއެވެ. އަދި އެ މައުލޫމާތުގައި އެމީހަކު ހުރީ ކިހާ ވަރުބަލިކަމެއްގަކަމާއި ފޯކަސް ހުރި މިންވަރު އެނގިގެންދެއެވެ.
މި އައިނުގައި ހިމެނިފައިވާ ސިކްސް އެކްސިސް ސެންސަރ އަދި އީއޯޖީ އިލެކްޓްރޯޑްސްގެ އެހީގައި ލޮލުގެ ފިޔަޖެހުމާއި ލޮލުގެ ހަރަކާތްތަށް އަށް ދިމާލަކުން ޑިޓެކްޓްކުރެއެވެ.
މި ހުރިހާ ޓެކޮނޮލޮޖީއެއް މި އައިނުގައި ހިމެނިފައިވާ އިރުވެސް މި އައިނަކީ ލުއި އަދި ބަލާލުމުގައި އެހެން އައިނު ތަކެކޭ އެއްފަދަކޮށް ފެންނަން ހުނާނެ އަައިނެއްކަމަށް ޖިންސުން މައުލޫމާތު ދެއެވެ. އަދި މިހެންކަމުން މި އައިނަކީ ސްމާރޓް އައިނެއްކަން ދެނެގަންނަން ދަތިވާނެ ކަމަށް ވެސް ޖިންސުން ބުނެއެވެ.
މި އައިނުގެ ޑެމޯ ފުރޭމްގެ ކުލަޔަކީ ކަޅުކުލައެ ނަމަވެސް ޔޫ އެސްގެ ބާޒާރަށް މި އައިނު ނެރުމުން އެކި ސްޓައިލް އަދި ކުލަތަކުގެ ފުރޭމް ލިބެން ހުންނާނެ ކަމަށް ޖިންސް ބުނެއެވެ.
މި އައިނުވަނީ މި އަހަރުގެ ތެރޭގައި ޖިންސްގެ ސެންފްރެންސިސްކޯ ސްޓޯރގައާއި އޮންލައިންކޮށް ރިލީޒް ކުރުމަށް ހަމަޖެހިފަ އެވެ.