twitterviber whatsapp telegramfacebookyoutube instagram
11th November 2026

މަންދު ކޮލެޖްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 18 ޖޫންއަށް އިތުރުކޮށްފި

Jun 16, 2015

2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި މަންދު ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކުގައި ކުރިމަތިލުމުގެ ސުންގަޑި 18 ޖޫންއަށް އިތުުރުކޮށްފި އެވެ.

އެ ކޮލެޖުން ނެރުނު އިއުލާނެއްގައި ވާގޮތުން މި ސެމިސްޓަރގައި ފެށޭ ކޯސްތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ވިޔަފާރީގެ ދާއިރާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަދި ޝަރުއީ ދާއިރާ ހިމެނޭ ކަމަށާއި މި ފުރުސަތުގައި ފައުންޑޭޝަންއިން ފެށިގެން ޑިގްރީ ފެންވަރާއި ހަމައަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ކޯސްތައްކަށް ވަނުމުގެ ފުރުސަތު ހިމެނޭކަމަށެވެ.

މި ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ފައުންޑޭޝަދް ކޯސް ފޮރ ޑިޕްލޮމާ އަދި ޑިގްރީ ލެވަލް ސްޓަޑީސް، އެޑްވާންސް ސެޓްފިކެޓް އިން އޮފީސް މެނޭޖްމަންޓް، ޑިމްލޮމާ އިން ޓީޗިން، އެސޯސިއޭޓް ޑިގްރީ އިން ޓީޗިންގް، ބިޒްނަސް ކޯސްތަކުގެ އިތުރުން ެޗްލަރ އޮފް ލޯސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައްވެސް ހިމެނޭކަމަށް މަންދު ކޮލެޖުން ނެރުނު އިއުލާނުގައި ވެއެވެ.

އޭގެ އިތުރު މަންދު ކޮލެޖުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަތީ ތައުލީމް ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަށުގައި ތިބެ މަތީ ތައުލީމް ލުއި ފަސޭހަ ގޮތެއްގައި ހާސިލުކުރެވޭންގޮތްތައް ހޯދައިދިނުން ކަމަށާއި މިގޮތުން އުރީދޫގެ 3ޖީ ލިބޭ ކޮންމެ ތަނެއްގައި ހުރި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293