twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރޯދަމަސް ފެށުމާއެކު ކުޅުދުއްފުށީގެ ބާޒާރުގައި ތަރުކާރީ އާއި މޭވާގެ އަގުތައް މައްޗަށް

Jun 18, 2015

ރޯދަމަސް ފެށުމާއެކު ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދާން ފަށައިފި އެވެ.

ކުޅުދުއްފުށީގެ ބާޒާރުގައި ތަރުކަރީ އަދި މޭވާގެ ބާވަތްތަކުގެ އަގު ވަނީ ރޯދަމަހާ ދިމާކޮށް އުފުލިފަ އެވެ. އެގޮތުން ކެރެޓް މ ކިލޯއެއްގެ އަގުވަނީ 30ރ އިން 100ރ އަށް އުފުލިފަ އެވެ.

ރޯދަމަހު އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ކެބެޖް ކިލޯއެއް ހުރީ 70ރ އިން 80ރ ދެމެދުއެވެ. އަދި ޓޮމާޓޯ ކިލޯއެއް އުޅެނީ 45.ރ އަށެވެ. ގިތެޔޮ މިރުސްގެ އަގު އުޅެނީ 100ގ 40.ރ އަށެވެ.

ރޯދަމަސް ކުރިން 250.ރ އަށް ލިބެންހުރި އަލުވި އަދި ފިޔާ ބަސްތާއެއްގެ އަގު ހުރީ 300.ރ އަށް ބޮޑުވެފަ އެވެ. އަދި ބަޓާނާ ބަރަބޯ ކިލޯއެއް އުޅެނީ 25.ރ. އަށެވެ.

މޭވާގެ ބާވަތްތަކުގެ ތެރެއިން މެންޑަރިން އަދި އަންނާރު ކިލޯއެއް 95.ރ އުޅޭއިރު އަނބު ކިލޯއެއް އުޅެނީ 90.ރ އަށެވެ. އަދި މޭބިސް ކަދުރު ކިލޯއެއް 130.ރ އުޅޭއިރު ފޭރު އަދި ބެލް ޕެޕަރ ކިލޯއެއް އުޅެނީ 85.ރ އަށެވެ.

 

ކަރާގެ އަގުތައް އަދި ކުޅުދުއްފުށީގެ ބާޒާރުގައި ބޮޑުވެފައެއް ނުވެ އެވެ. ކަރާ ކިލޯއެއް މިވަގުތު ހުރީ 20ރ. އާއި 25.ރ ދެމެދުގެ އަގުތަކެއްގައެވެ.

އަލަނާސިގަނޑެއްގެ އަގު މީގެ ކުރިން 30.ރ އަށް ހުރި އިރު މިހާރު ވަނީ 50.ރ ބޮޑުވެފައެވެ. ބީންސް ކިލޯއެއް 90.ރ ހުރިއިރު ލީކްސް ކިލޯއެއް ހުރީ 95.ރ އަށެވެ. އަދި ދޮންކެޔޮ އުޅެނީ 10.ރ އަށް 3 ވަށް އަދި 4 ވަކެއްގެ ރޭޓުންނެވެ.

ރޯދަމަހާ ދިމާކޮށް ބޭކަރީގައި އުފައްދާ ތަކަތީގެ އަގުތަކަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ބާޒާރުގައި އަގުތައް މިހެން ހުރިއިރު ރޯދަމަހު މި ތަކެތީގެ އަގު ތިރި ނުވާނެ ކަމަށް ކުޅުދުއްފުށީ ވިޔަފާރިވެރިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާޒާރުގައި ތަރުކަރީ އާއި މޭވާގެ ބާވަތްތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެތަކެތީގެ އަގު އުފުލެން ދިމާވާ މައިގަނޑު ސަބަބަކީ ރޯދަމަހު ތަރުކާރީ އާއި މޭވާގެ ޑިމާންޑް އިތުރުވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355