ބޭނުންވާނެ ތަކެތި:
ބަޓަރ
½ ޖޯޑު ހަކުރު
½ ޖޯޑު ފެން
2 ބިސް
1 ޖޯޑު ކިރު
½ ޖޯޑު ހަކުރު
ހަދާނެ ގޮތް:
ފުރަތަމަ 2/1 ޖޯޑޫ ހަކުރާއި ½ ޖޯޑު ފެން ތެއްޔަކަށް އަޅައި ހަކުރުތަށް އެއްކޮށް ވިރެންދެން ހޫނުކުރާށެވެ. ދެން ޕުޑިން އަޅަން ބޭނުންވާ ތަށީގައި ބަޓަރ ހޭކުމަށް ފަހު ތަށީގެ ފޫ ފޮރުވެންދެން ހޫނުކުރި ހަކުރު ކޮޅު އަޅާ ހިހޫވަންދެން ބަހައްޓާށެވެ. އެއަށްފަހު ކިރާއި ބާކީ ހުރި ½ ޖޯޑު ހަކުރު އެއްކޮށްލާ 2 މިނެޓް ވަންދެން ކައްކާށެވެ. އެއަށްފަހު ވަކިން ތަށްޓެއްގައި 2 ބިސް އެއްކޮށްލުމަށްފަހު ހޫނުކުރި ކިރުކޮޅު ބިހާއި އެއްކޮއްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކުރިން ހަކުރު އެޅި ތަށްޓަށް ކިރުކޮޅު އަޅާށެވެ. އެއަށްފަހު އާވިން 20-30 މިނެޓް ކައްކާށެވެ.