twitterviber whatsapp telegramfacebookyoutube instagram
12th September 2026

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ބިސް ކޮންޓްރޯލްކޮށް ވިއްކަން ފަށައިފި

Jun 29, 2015

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ބިސް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އޮފިޝަލަކު “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ ބިސްކޭހެއް މިހާރު ވިއްކަމުންދަނީ ކަސްޓަމަރަކަށް ކޭހެއްގެ ރޭޓުން ކޮންޓްރޯލްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ބިސް ކޮންޓްރޯލްކުރިނަމަވެސް އަގަށް ބަދަލުއައިސްފައިނުވާ ކަމަށެވެ. އެގޮތުން ބިސް ކޭހެއްގެ އަގު އުޅެނީ 270 ރުފިޔާއަށެވެ.

ފިޔާ އަދި އަލުވީގެ އަގު ކޮންޓްރޯލްކޮށްފައެއް ނުވެ އެވެ. ފިޔާއާއި އަލުވި ބަސްތާއެއްގެ އަގު އުޅެނީ 250 ރުފިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293