twitterviber whatsapp telegramfacebookyoutube instagram
6th June 2025

މައި އުރީދޫ އެޕް ބޭނުންކޮށްގެން ރިޗާޖް ކުރުމުން 50 ޕަސެންޓް ބޯނަސް ކްރެޑިޓް

Jul 26, 2015

މިނިވަން 50 އާ ގުޅިގެން އުރީދޫގެ މޯބައިލް އެޕްލިކޭޝަން ‘މައި އުރީދޫ’ ބޭނުންކޮށްގެން މިރޭ 12:00 އާއި ހަަމައަށް ރިޗާޖް ކުރުމުން ނުވަތަ 500 އެމްބީ އަށްވުރެ ބޮޑު އުރީދޫ ޑޭޓާ ޕެކޭޖެއް ނެގުމުން އެ ހިދުމަތެއްގެ 50 ޕަސެންޓް ބޯނަސް އެއް ލިބިގެންދާނެ ކަަމަށް އުރީދޫއިން ބުނެފިއެވެ.

މި ޕްރޮމޯޝަންގައި މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ރީޗާޖް ކުރުމާއި ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމާއި ބިލްދެއްކުން ފަދަ ގިނަ ކަންތައްތައް ކުރެވޭނެ އެވެ. މީގެ އިތުރުން ‘ބިގް މިލިއަން އޮފާ’ ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމާއި ބާރަ ހާސް ހަދިޔާ ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ މަގްސަދަކީ މިނިވަން 50 ދިމާކޮށް ކަސްޓަމަރުންނަށްޓަކައި ތައާރަފްކުރެވުނު އޮފާ ބޭނުންކޮށްގެން ރާއްޖޭގެ އެކިހިސާބުތަކުގައިވާ އާއިލާ އާއި ގާތްތިމާގެބޭފުޅުންނާއި ގުޅުންބަދަހިކޮށް މިނިވަންދުވަހުގެ ޚާއްސަކަންތައްތައް އެކަކު އަނެކަކާއި ހިއްސާކުރުމުގައި އިތުރު ފަސޭހަތަކެއް ކަސްޓަމަރުންނަށް ފޯރިކޮށްދިނުން ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355