ރާއްޖޭގައި ފިކްސްޑް ލައިން އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ އުރީދޫއަށް އިއްޔެ ދީފިއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ދިނުމުގެ ލައިސެންސް އުރީދޫއާއި ހަވާލުކޮށްދެއްވާފައި އެވެ.
އުރީދޫއަށް ލައިސެންސް ދޭން ނިންމީ ވާދަވެރިކަން އިތުރު ކުރުމަށް ކަމަށާއި އެކަމުގެ ސަބަބުން އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ، ދެތިން މަހެއްގެ ތެރޭގައި މާލެއާއި ރިސޯޓުތަކަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކަނޑައެޅިފައިވާ ރަށްތަކަށް ހިދުމަތްދޭން ފަށާނެ ކަމަށެވެ.
މިދިޔަ އެޕްރިލް މަހު 30 ގައި ޓެލެކޮމިއުނިކޭޝަނުން މައުލޫމާތުދޭ ގޮތުގައި އިންޓަނެޓުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން ދެ ފަރާތަކުން ކުރިމަތި ލިއެވެ. އެއީ މީޑިއާ ނެޓާއީ އުރީދޫއިންނެވެ.
ރާއްޖޭގައި މިހާތަނަށް ފިކްސްޑް ލައިން އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދިޔައީ ދިރާގާއި ފޯކަސް އިން ފޯ ކޮމްއިންނެވެ.