twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

Aug 1, 2015

އުރީދޫ މޯލްޑްސްއިން އެ ކުންފުންޏަށް 10 އަހަރު ފުރުން މިއަދު ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އެގޮތުން 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުނާއި އެކުންފުންޏަށް ދެއްވާ ހިތްވަރާއި ޝުރުއަދާކުރުމުގެ ގޮތުން “ޝުކުރިއްޔާ ދިވެހި ރާއްޖެ” ގެ ނަމުގައި މިއަދު މިފެށި ކެމްޕެއިން މެދުވެރިކޮށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް މިއަދު ގާތްތިމާގެ މީހުންނަށް ގުޅާލުމަށް 50 މިނެޓް ހިލޭ ލިބިގެން ދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި މިއަދު 50 ރުފިޔާއަށް ވުރެ ގިނަ އަދެދެއް ރީޗާރޖް ކުރާ ނުވަތަ ރާސްޓަސް ކުރުމުން އެއަދަދުގެ 10 ޕަސެންޓް ބޯނަސް ލިބިގެން ދާނެއެވެ. މި ބޯނަސް ކުރެޑިޓް ކުރިއަށް އޮތް 3 ދުވަސް ތެރޭގައި ބޭނުން ބޭނުން ކުރެވޭނެ ކަމަށާއި އަދި “ގުޑް މޯރނިން މޯލްޑިވްސް” ޕްރޮމޯޝަން މި އޯގަސްޓް 1 ން 10 ކުރި އަށް ދާނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

މިގޮތުން ކޮންމެ ކަސްޓަމަރަކުވެސް ޕްރޮމޯޝަން ދުވަސްތަކުގައި ހެނދުނު 8 ން 10 އައި ދެމެދު ގޯ ޖައްސަވާ 5252 އަށް މެސެޖެއް ކުރެއްވުމުން އެގަޑީގައި ބޭނުން ކުރެއްވުމަށް 50 އެމްބީ ހިލޭ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެއިތުރުން އުރީދޫއިން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހޭދަކޮށްފައިވާ 10 އަހަރުތެރޭގައި ލިބިފައިވާ ކަމިޔާބީގެ އަސްލަކީ އެކުންފުނިން ދިވެހި ރައްޔިތުންގެ ގެ ހަޔާތް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން އިންސާނީ ތަރައްގީއަށް އެކުންފުންނިންދޭ އަހަމިއްޔަތުކަމަށެވެ. މި ގޮތުން ފާއިތުވެދިޔަ 10 އަހަރުތެރޭގައި އުރީދޫއިން ވަނީ އެކުންފުނިން ފޯރުކޮއްދޭ މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ތަފާތު އައު ފުރުސަތުތައް ގެނެސްދިނުމަށް ހުއްޓެއްނެތި މަސައްކަތްކޮށްފަ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ކުރިއަށް ގެންދާ ހާއްސަ އޮފާރ ތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ވެބްސައިޓް އުރީދޫޫ.އެމްވީ އަށް ޒިޔާރަތްކުރެއްވުމުން ނުވަތަ 929 އަށް ގުޅާލުމުން ނުވަތަ މައި އެޕް މެދުވެރިކޮށް އެމައުލޫމާތި ފަސޭހަކަމާއި އެކު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355