twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު އެޕްރެންޓިސްޝިޕްއަށް ފުރުސަތު ހުޅުވާލައިފި

Aug 2, 2015

ދިރާގުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ނުވަ ސަރަހައްދަކުން ދިރާގުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެ ކުންފުނީގެ މާކެޓިން ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލު މިދިޔަ ޖުލައި މަހު 30 ވަނި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި

ޕްރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތަކީ އޭލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ.

މި ޕްރޮގުރާމަކީ އެއް އަހަރު ދުވަހަށް ކުރިޔަށް ގެންދާ ތަފާތު އެކި ދާއިރާތަކުން މަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގުރާމެއް ކަމަށާއި ފުރަތަމަ އަހަރު ފުރިހަމަ ކުރުމަށް ފަހު ހޯދާ ނަތީޖާއަކަށް ބަލައި ދެވަނަ އަހަރަކަށް ފުރުސަތު ވެސް ދެވިގެންދާނެ ކަމަށް އެ ޕްރޮގްރާމުގެ ތަފްސީލް ދެއްވަމުން ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންގެ އެސިސްޓަންޓް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވި އެވެ.

ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:

– ދިރާގު ޖެނެރަލް އެޑްމިނިސްޓުރޭޝަން

– މާކެޓިން

– ފައިނޭންސް

– ޕްރޮކިއުމަންޓް އެންޑް ސްޓޯސް

– ސޭލްސް

– ޓްރާންސްޕޯޓް

– ކަސްޓަމާ ސާވިސަސް

– ކޯލް ސެންޓާ އަދި އިންޖީނިއަރިން ޑިޕާޓްމަންޓް

އޭގެ އިތުރުން މި ޕްރޮގްރާމްގައި ސޮފްޓް ސްކިލް ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ.

ދިރާގު އެޕެރެންޓިސް ޕްރޮގްރާމް އަމަލީގޮތުން 2009 ވަނަ އަހަރު ފެށީއްސުރެން މިއަދާ ހަމައަށް މުޅިއެކު 98 ކެނޑިޑެޓުން ވަނީ ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355