twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަންދު ކޮލެޖުން ސެޕްޓެންބަރ އަދި އޮކްޓޫބަރ މަހުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

Aug 4, 2015

މަންދު ކޮލެޖްއިން ސެޕްޓެންބަރ އަދި އޮކްޓޫބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާ، ވިޔަފާރީގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަދި ޝަރުޢީ ދާއިރާގެ ބެޗްލަރސް ޑިގްރީ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ސެޓްފިކެޓް، އަދި ފައުންޑޭޝަން ފެންވަރުގެ ކޯސް ތަކެއްކަމަށް މަންދު ކޮލެޖުން ބުނެއެވެ.

މަންދު ކޮލެޖްއިން ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅިގެން މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް ވެސް މި ހުޅުވާލެވުނު ފުރުސަތުތަކުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުސަތުވަނީ އެ ކޮލެޖުން ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ އެކޮލެޖުން ފަހި ކޮށްދީފައެވެ.

ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފެށޭ މި މިކޯސްތަކުގައި ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް މާލޭގެ މެއިން ކެމްޕަހުގައި އަދި މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ވަރޗުއަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މަންދު ކޮލެޖުން ބުނެއެވެ.

މިފަހަރުގެ މި ފުރުސަތުގައި މަންދު ކޮލެޖްގެ ކޮންމެ ދަރިވަރަކަށްވެސް އުރީދޫގެ ޑޮންގަލް އަކާއިއެކު ކޮންމެ މަހަކު 3ޖީ އިންޓަރނެޓް ހިލޭ ދޭނެ ކަމަށާއި ސެޕްޓެމްބަރު 15ގެ ކުރިން ކޯހުގައި ބައިވެރިވެ ފީ ދައްކާ ދަރިވަރުންނަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބެގެންދާނެ ކަމަށް އެކޮލެޖުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355