twitterviber whatsapp telegramfacebookyoutube instagram
7th June 2026

ކުޅުދުއްފުށީގައި “ލައިފް ސަޕޯޓް”ގެ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

Aug 5, 2015

ހދ. ކުޅުދުއްފުށީގައި “ލައިފް ސަޕޯޓް”ގެ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި އެވެ.

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުޅުދުއްފުށީގައި ހެދި އެ ސެންޓަރު މިއަދު ހުޅުވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ކުޅުދުއްފުށި ބުރާންޗްގެ މެނޭޖަރު އަލީ ނިފާޒެވެ.

އެ ސެންޓަރުގައި ލައިފް ސަޕޯޓްގެ ފާމަސީތަކުން ގަންނަން ލިބޭ ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓެއް ލިބެން ހުންނާނެ ކަމަށާއި މި ސެންޓަރާ އެކު ލައިފް ސަޕޯޓްގެ ދެ ފާމަސީއެއް ކުޅުދުއްފުށީގައި މިހާރު ހުޅުވިފައިހުންނާނެ ކަމަށް އެފަރާތުން ބުނެ އެވެ.

ކުޅުދުއްފުށިގައި ހުޅުވި ލައިފް ސަޕޯޓް ސެންޓަރުގައި ބަޔަކު ވިޔަފާރިކުރަނީ–ކުޅުދުއްފުށި އޮންލައިން ފޮޓޯ

ލައިފް ސަޕޯޓުގެ ފިހާރަތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވީލް ޗެއާއިން ފެށިގެން ވޯކާސް އާއި ބަލި މީހުންނަށް ބޭނުންވާ ވޯޓާ މެޓްރެސް ފަދަ ތަކެތި ހިމެނެ އެވެ.

މީގެ އިތުރުން ކިޑްނީ އާއި ކެންސަރު އަދި ޑައިބެޓީޒް މީހުންނަށް ހާއްސަ ކިރެއް ވެސް އެ އެ ފިހާރަތަކުން ލިބެން ހުރެ އެވެ.

ކުޅުދުއްފުށީގައި ހުޅުވި މި ސެންޓަރާ އެކު އެކުންފުނީގެ އަށް ފިހާރައެއް ރާއްޖޭގައި ހުޅުވައިފަ އެވެ. މި ސެންޓަރު ހުޅުވީ ކުޅުދުއްފުށީ، ބަނަފްސާގޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355