twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިރާގުން ބޮޑެތި އިނާމުތަކާއެކު ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ހުޅުވާލައިފި

Aug 5, 2015

ދިރާގުން ބޮޑެތި އިނާމުތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަންގައި އަލަށް ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަަތަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާޔަކު ހޮވާލެވޭ ނަސީބުވެރި ފަރާތަށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ކޮންމެ ހަފުތާޔަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް ޕްލޭސްޓޭޝަން 4، އައިފޯން 6، ސެމްސަންގް ސްމާރޓް ޓީވީ، ފެންޓޮމް 3 ޕްރޮފެޝަނަލް ޑްރޯން، މެކް ބުކް، ގޯ ޕުރޯ ހީރޯ 4، އައިޕެޑް އެއަރ 2 އަދި ސެމްސަންގް ގެލެކްސީ އެސް 6 ފަދަ އިނާމުތަށް ލިބިލައްވާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި މި ޕްރޮމޯޝަން އޮކްޓޫބަރ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން “ދިރާގު ޕޯސްޓްޕެއިޑް ސްމާރޓް ޕޮލޭން”ގެ ނަމުގައި އިތުރު ޕެކޭޖެއް ވެސް ދިރާގުން ވަނީ ތައާރަފް ކޮށްފައި އެވެ.

މިއަދު ދިރާގުގެ ޕްރެސް ކޮންފަރެސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސިޓެންޓް މޭނެޖަރ އިމްޖަދު އަލީ ވިދާޅުވީ ދިރާގު ޕޯސްޓްޕެއިޑް ސްމާޓް ޕުލޭންއަށް އެދިލެއްވުމަކީ ރަނގަޅު ފުރުސަތެއް ކަމަށާއި މި ޕްލޭންގެ ދަށުން ދިރާގު 3ޖީ އަދި 4ޖީ ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގުގައި ޑޭޓާ، އެސްއެމްއެސް އަދި މިނެޓް ލިބިލައްވާނެ ކަމަށެވެ.

ދިރާގު ޕޯސްޓްޕެއިޑް ސްމާޓް ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ޑޭޓާ، ޓޯކްޓައިމް، އެސްއެމްއެސް އަދި އިންޓަނޭޝަނަލް ކޯލްގެ ހިދުމަތް އިތުރަށް ފުރިހަމަ ކަމާއިއެކު ރަނގަޅު ސްޕީޑްގައި ލިބިލައްވާނެ ކަމަށްވެސް އިމްޖަދު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355