twitterviber whatsapp telegramfacebookyoutube instagram
12th September 2026

ދިރާގު އިންޓަނެޓް ޕެކޭޖްތަކުގެ އެލަވަންސް ބޮޑުކޮށް ބައެއް ޕެކޭޖްތައް އަގުހެޔޮކޮށްފި

Aug 29, 2015

ދިރާގުގެ މޯބައިލް ބްރޯޑް ބޭންޑްގެ ޕެކޭޖްތަކުގެ އެލަވަންސް ބޮޑުކޮށް ބައެއް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފި އެވެ.

އެގޮތުން ދިރާގުން ވަނީ މޮބައިލް އިންޓަނެޓް އަދި ބްރޯޑް ބޭންޑް ބޭނުންކުރާ ފަރާތްތަކަށް ތިން ސީރިޒްއެއް ތައާރަފްކޮށްފައެވެ. އެއީ “ޕަވަރ ޕްލޭން” އަދި “ޕަވަރ ޕްލަސް” އެވެ.

“ޕަވަރ ޕްލޭން”ގައި 500 އެމްބީއިން ފެށިގެން 15 ޖީބީ އާ ހަމައަށް ޑޭޓާ އެލަވެންސް ލިބޭއިރު “ޕްވަރ ޕްލަސް”ގައި 3 ޖީބީއިން ފެށިގެން 100 ޖީބީއާ ހަމައަށް ޑޭޓާ އެލަވެންސް ލިބޭނެއެވެ. “ޕަވަރ ޕްލަސް”އަކީ އިތުރަށް އެކްސެސް ޗާޖް ނަގާ ޕްލޭނެއް ނޫނެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވީ މޯބައިލް ބްރޯޑް ބޭންޑް ހިދުމަތަށް ޖުމްލަކޮށް 40 ޕަސެންޓްގެ ވެލިއު އެއް އިތުރުވެގެން ގޮސްފައިވާ ކަމަށާއި ޖީބަށް ލުއި ގޮތަކަށް މޯބައިލް ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް ބަދަލުކޮށްފައިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ އެކްސެސް ޔޫސެޖްގެ ގޮތުގައި 10 ލާރި ދިރާގުން ނަގަމުންދާއިރު އެއީ ރާއްޖޭގައި ނަގާ އެންމެ ކުޑަ އަގު ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް މޯބައިލް ބްރޯޑް ބޭންޑް އިންޓަނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލު އަންނާނެ ކަަމަށް އެ ކުންފުނީގެ މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293