އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ބޮޑުއީދުގައި ޒަމަނުއްސުރެ ކުޅުދުއްފުށީގައި ކުޅެވެމުން އަންނަ މަށިމާލި، ދަމު ހިނގުން އަދި ހިއްޗަށް ވަޑައިގަތުން އޮންނާނެ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.
އެގޮތުން ބޮޑު ތަރުހީބެއް ލިބޭ ހިއްޗަށް ވަޑައިގަތުން މިއަހަރު އޮންނާނީ ފުރަތަމަ އީދު ދުވަހު ހަވީރު ކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ.އަދި މިއަހަރުގެ ހިއްޗަށް ވަޑައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ ކުރީ ޒަމާނުއްސުރެއް އެކަން ކުރަމުން އަންނަ ގޮތަށް ކަމަށް އެފަރާތުން ބުނެ އެވެ. އަދި މިކަަމަށް ޝައުގުވެރިވާ ފަރާތްތަކުން އީދު ފުރަތަމަ ދުވަހު ހަވީރު 16:00 އަށް ސެޓޭޑިއަމް ސިޑިބަރި ކުރިމައްޗަށް ހާޒިރުވުމަށް މިކަން އިންތިޒާމްކުރާ ފަރާތުން އެދެ އެވެ.
ކުޅުދުއްފުށީގައި ކުޅެއުޅޭ ހިއްޗަށް ވަޑައިގަތުން–ކުޅުދުއްފުށި އޮންލައިން ފޮޓޯ
އުތުުރު އަވަށުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަށިމާލި ކުޅިވަރު މިއަހަރު ކުރިއަށްދަނީ އީދު 3 ވަނަ ދުވަހު ހަވީރު 3:45 ގަ އެެވެ، އެގޮތުން އުތުރު އަވަށުން ނެރެފައިވާ އިއުލާނުގައި ވަނީ މަށިމާލި ޕެރޭޑް ފުރިިހަމަކުރުމަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވަ ކަމަށާއި އެގޮތުން ޝައުގުވެރިވާ ފަރާތަކުން 2:30 އަށް ޖަލާލުއްދީން ސްކޫލް ކުރިމައްޗަށް އައުމަށް ވަނީ އެދިފައެެވެ.
އޭގެ އިތުރުން މަށިމާލި ފެރޭޑްގެ އަސްލު ގެއްލޭފަދަ ގޮތަށް ހެދުން އަޅައިގެން އަންނަ މާލިތައް ފެރޭޑްގައި ބައިވެރި ނުކުރެވެނެ ކަމަށާއި އަދި އެއްވެސް ބާވަތެއްގެ ޕްރޮޑަކްޓެއް މަށިމާލި އިންތިޒާމް ކުރާ ފަރާތުގެ ހުއްދަ ނެތި ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލޯގޯ ނުވަތަ ނިޝާނެއް ބޭނުން ކުރުމަކީ މުޅިން މަނާ ކަމެއްކަމުގައި މި އިއުލާނުގަ ވެއެވެ.
މަށި މާލި ޕެރޭޑް. ކުޑަކުދިންގެ މެދުގައި މަގުބޫލު ކުޅިވަރެއް–ކުޅުދުއްފުށީި އޮންލައިން ފޮޓޯ
އެހެން އަހަރު ތަކުގައި އީދުގެ ފަސްވަނަ ދުވަހު ކުޅޭ “ދަމުހިނގުން” މިއަހަރު އޮންނާނީ ތިންވަނަ އީދު ދުވަހު އެވެ.
މިނޫން ވެސް ކުޅުދުއްފުށީގައި ބޮޑު އީދުގައި ކުޅޭ ބައެއް ކުޅިވަރުތައް ކުރިއަށްދާނެ އެވެ. އެގޮތުން ބޮޑު ފައިވާނުގައި ހިނގުމާއި ފިރިހެން އަދި އަންހެނުންގެ ދަފި އާއި ކޯޑި ނެގުން ފަދަ ކުޅިވަރުތައް އޮންނާނެ އެވެ.