އަބަދު ވަރުބަލިވެ ނިދިއައިސް ނުވަތަ ލޮޑުވެފަ ހުންނަ ނަމަ އެއީ ކޮންމެވެސް ބައްޔެއްގެ އަލާމާތެކެވެ. މިފަދަ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ، ބައްޔެއް ހުރިނަމަ އެ ބަލިން ސަލާމަތްވުމަށް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ.
އެނީމިއާ
އެނީމިއާ ޖެހުމަށް މެދުވެރި ވަނީ ބޭނުންވާ ވަރަށް ރެޑް ބްލަޑް ސެލްސް ނެތުމުން ނުވަތަ ހިމަގްލޮބިން ދަށް ވުމުން ނެވެ. މިހެން ވުމުން ވަރުބަލިވެ މަސައްކަތުގެ މާހައުލުގައި މަސައްކަތަށް ދެވޭ ޝައުގުވެރިކަން ކުޑަވެގެން ދެއެވެ. އަދި ނިދަން އުދަނގޫވެ ހަށިގަނޑު ލޮޑުވާގޮތް ވެއެވެ. މިހެން ވާނަަމަ ލަސްނުކޮށް ލޭގެ ޓެސްޓެއް ހެދުން ބުއްދިވެރި އެވެ.
ޑައިބެޓީސް
ޑައިބެޓީސްގެ ސަބަބުން އަބަދު ކާހިތްވުމާއި ވަރުބަލިވުމުގެ އިތުރުން ހަށިގަނޑުން ހަކަތަ ހުސްވާގޮތް ދިމާވެއެެވެ. މިހެން ދިމާވަނީ ހަށިގަނޑަށް ބޭނުން ވާވަރަސް ގުލްކޯސް ނުއުފެއްދޭތީ އެވެ.
ޑިޕްރެޝަން
ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާ ވެއްޖެނަމަ ހުރިހާ ކަމަކުން ފޫހިކޮށްލަ އެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ހާއްސަކޮށް ކާހިތްނުވުމާއި ނިދަން އުދަނގޫވުން ހިމެނެއެވެ. އަދި ހަދާން ނެތުމާއި ކަންކަމަށްދެވޭ ޝައުގުވެރިންކަން ކުޑަވެ “ނެގެޓިވް” ކޮށް ކަންކަމާއި ދޭތެރޭ ދެކެވޭގޮތް ވެއެވެ.
ސްލީޕް އެޕްނިއާ
މިއީ ނިދީގައި ނޭވާލުމަށް ދަތިވުމުން ދިމާވާގޮތެކެވެ. މިހެން ވާނަމަ ހަމައަށް ނިދި ލިބުމުކަމުގައި ވިއަސް ހޭލާ އިރު ވަރުވަލިވެފައި ހުރެއެވެ. މިހެން ދިމާވާނަމަ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމުގެ އިތުރުން ސްޓޮރޯކް ޖެހުމަށް މަގުފަހި ވެއެވެ.