twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަމިއްލައެދުން އިސްކުރާމިހަކާ ދޭތެރޭ ކަންތައް ކުރާނެ 3 ގޮތެއް

Nov 24, 2015

ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއް ހުންނަ މީހެކެވެެ. މަޑުމައިތިރި މީހުންނާއި ރުޅިގަދަ މީހުންނެވެ. ކޮންމެ މީހަކުވެސް އެކުވެރިކަން އުފައްދަން ބޭނުންވާނީ އެކުގައި އުޅެން ފަސޭހަމީހަކާ އެވެ. އެހެންނަމަވެސް އަބަދު އެގޮތަށް ނުވެދާނެ އެވެ. ތިމާގެ އެކުވެރިންގެ ތެރޭ އަމިއްލައެދުން ބޮޑު ނުވަތަ އެމީހަކާ “ޑީލް” ކުރަން އުދަނގޫ މީހަކު އުޅޭނަމަ ތިރީގައި ހިމަނާފައިވާ 3 ގޮތަކަށް ކަންތައް ކުރެވިދާނެ އެވެ.

ކުރަންބޭނުންވާ ގޮތަށް ކަންކުރުމަށް ދޫ ނުކުރާށެވެ

ތިމާ އެދަފަ މީހަކު “އަންޑަސްޓޭންޑް” ވުމޭ ބުނުމަކީ އެފަދަ މީހަކު ބޭނުންވާހާގޮތަށް ހުރިހާ ކަމެއް ކުރުމަށް ދޫކޮށްލުމެއް ނޫނެވެ. ކޮންމެވެސް ވަރެއްގެ ބާރެއް އެމީހަކު މައްޗަށް ހިންގޭވަރުގެ ދުރުމިނެއް ބަހައްޓައިގެން އެފަދަ މީހުންނާ އެކުވެރިކަން ބަދަހި ކުރާށެވެ.

ތީ އަމިއްލަ އެދުން ބޮޑު މީހެކޭ ނުބުނާށެވެ

އެފަދަ މީހަކާ ދިމާއަށް ތިއީ އަމިއްލަ އެދުން ބޮޑުމީހެކޭ ނުބުނާށެވެ. ހާއްސަކޮށް ކުޑަކުއްޖެނަމަ ގޮތްދޫނުކޮށް ބޭނުންވާކަމެއް ތަކުރާރުކޮށް ކޮށްދިނުމަށް އެދޭނަމަ ރީތިކޮށް ވިސްނައި ދޭށެވެ.

ރުޅިއައިސް ނުހުންނާށެވެ

އެފަދަ މީހަކާ އެކު އުޅޭނަމަ ކެތްތެރިކަން އިސްކުރަންޖެހޭ ކިތަންމެ ދަނޑިވަޅެއް އަންނާނެއެވެ. އެފަދަ ހާލަތެއްގައި ރުޅިވެރިކަން އިސްކޮށްފިނަމަ އެފަދަ އަމިއްލަ އެދުން ބޮޑު މީހެއްނަމަ އިތުރަށް މައްސަލަ ގޯސްކޮށްލާނެ އެވެ. އޭގެ ބަދަލުގައި ބަަސްމަދުކޮށް ހިތްހަމަނުޖެހޭކަން އަންގާށެވެ.

މީހުންނާއެކު އުޅޭއިރު، އެމީހަކީ ކޮންކަހަލަ ސްޓައިލެއްގެ މީހެއްކަން ދެނެގަތުމަކީ މުހިއްމު ކަމެކެވެ. ހިޔާލު ކިތައްމެ ތަފާތުވިޔަސް އަދި “ސްޓައިލް” ކިތައްމެ ތަފާތުވިޔަސް، އެފަދަ މީހަކާއެކީ އެކު އުޅެންޖެހުމުން މިފަދަ ކަންކަމަށް ވިސްނައިގެން ކުރިއަށް ދިއުމަކީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355