ފޮނިތޮށްޓަކީ ހަވާދުގެ ބާވަތަކަށް ނިސްބަތްވާ އެއްޗެކެވެ. އާންމު ގޮތެއްގައި ބަދިގެ ތެރޭގައި ރިހައިގެ ބާވަތްތައް ކެއްކުމަށް ބޭނުން ކުރާ އެއްޗަކަށް ފޮނިތޮށި ވީނަމަވެސް ބައެއް ފަހަރު ފޮނި ކާތަކެތި ތައްޔާރު ކުރުމަށް ވެސް ފޮނިތޮށި ބޭނުންކުރެ އެވެ. ފޮނިތޮށްޓަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިސްތަށިގަނޑަށާއި ހަންގަނޑަށް އަދި ސިއްހީ ވަރަށް ގިނަ ކަންތަކަށް ފޮނިތޮށިން ފަރުވާ ދެވިދާނެ އެވެ.
ކުޅި އެއްޗެއް ހެދި ނަމަވެސް އަދި ފޮނި އެއްޗެއް ހެދި ނަމަވެސް ދިވެހިންނަށް ފޮނިތޮއްޓަކީ ވަރަށް ގާތް އެއްޗެކެވެ. އެއީ ރަނގަޅު އާދައެކެވެ. މިއިން ލިބޭ ފައިދާ ބޮޑުވުމުގެ ސަބަބުން މިއީ ކޮންމެ ދުވަހެއްގެ ކެއުމަށް ކޮންމެހެން ވެސް އިތުރު ކޮށްލުން ރަނގަޅު އެއްޗެކެވެ.
ފޮނިތޮށި ބޭނުންކުރުމުން ލިބޭ ސިއްހީ ފައިދާތަކާ ބެހޭގޮތުން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، މި ބާވަތުން ގިނަގުނަ ފައިދާތަކެއް ލިބޭކަން ފާހަގަކުރެވިފައިވެއެވެ.
ފޮނިތޮށިން ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަށާއި، ހަންގަނޑު ތާޒާކޮށް ޒުވާންކަން އިތުރުކުރުމަށްވެސް ފޮނިތޮށި ބޭނުންކުރެވެއެވެ.
ފޮނިތޮށި ބޭނުންކުރުމަށް އެންމެ ރަނގަޅީ ތާޒާކޮށް ކެއުމެވެ. ނަމަވެސް ފޮނިތޮށި ފެނާއެކު ބުއިމަކީވެސް ފައިދާހުރި ކަމެކެވެ. ފޮނިތޮށި ބޭނުންކުރުމަށް އެންމެ ރަނގަޅީ ހެނދުނު ހުސްބަނޑާއެވެ.
އޮފީސް މާހައުލުގައި އުޅޭއިރުވެސް އަނގަ ފޫހިފިލުވާލަން ކާލާ ސްޕާރީ ނުވަތަ ފޯއްކޮޅެއްގެ ބަދަލުގައި ފޮނިތިށިކޮޅެއް ކާލެވިދާނެ އެވެ.
އާންމުގޮތެއްގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ފޮނިތޮށި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުން ބައެއް މީހުން ފޮނިތޮށި ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ. މިސާލަކަށް ހަކުރު ބަލީގެ ބައެއް މީހުން ފޮނިތޮށި ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފާ ހޯދަންޖެހެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ގޮތުގައި ބަނޑުގެ މަސްގަނޑު ހިންދާލުމަށް ފޮނި ތޮށި ރަނގަޅެވެ. ނަމަވެސް ހަމައެކަނި ފޮނިތޮށި ބޭނުން ކުރުމަކުން ނުފުދޭނެ އެވެ. މީގެ އިތުރުން ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުން ކުރުން ވެސް މުހިއްމެވެ.
ފޮނިތޮށީގައި އެންޓި-އޮކްސިޑެންޓްސް އާއި ވިޓަމިން ސީ ގިނައިން އެކުލެވޭތީ، މިއީ ދިފާއީ ނިޒާމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އަދި ފޮނިތޮށި ކެއުމުން ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަމަށް ދިރާސާތަކުން ދައްކާފައެއް ނުވެއެވެ.
ފޮނިތޮށީގައި ހިމެނޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން ލަކުނު އަދި ބިހި ފިލުވުމަށްވެސް ފޮނިތޮށި ބޭނުންކުރެވެއެވެ. މިކަމަށް ފޮނިތޮށި ބޭނުންކުރާނީ ކެއުމުގެ ގޮތުގައި ނުވަތަ ހަމުގައި އުނގުޅުމުގެ ގޮތުގައެވެ.
މޫނުގަ ނަގާ ބިހިތައް ނައްތާލުމަށް ފޮނިތޮށިގެ ބޭނުން ކުރުމުން އޭގައި ހިމެނޭ އެންޓި ފަންގަލް، އެންޓި އޮކްސިޖަން، ބެކްޓީރިއާތައް ނައްތާލުމަށް އެހީވެދެ އެވެ. އަދި ހަށިގަނޑު ގައި އުފެދޭ ގަނޑު ލޭތައް ވެސް ދައުރު ކުރުވުމުގަ އެހީތެރިވެދޭ ބައިވެރި އެކެވެ.
ފޮނިތޮށީގައި ހިމެނޭ ވިޓަމިން ސީ އާއި އެހެނިހެން ނިއުޓްރިއެންޓްސްގެ ސަބަބުން ހަންގަނޑު ތާޒާކޮށް ޒުވާންކަން އިތުރުކޮށްދޭ މާއްދާތައް ހިމެނެއެވެ.
ފޮނިތޮށިގައި ހުންނަ ގަދަ ވަހަކީ އޭގަ އެކުލެވިގެންވާ ތެލުގެ ސަބަބުން ދުވާ ވަހެއް ކަމުގައި ސައިންޓިސްޓުންގެ ހޯދުންތަކުން ވަނީ އެނގިފަ އެވެ. އަދި މީ ހަށިގަނޑު ގެ މެޓަބޮލިޒަމް ވެސް ވަރުގަދަ ކޮށްދޭ ބާވަތެކެވެ.