twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުރަނގަފަތް: 300 ބަލީގެ ފަރުވާ!

Dec 7, 2015

މުރަނގ ފަތަކީ ދިވެހިން ކެމުގައި ހިމެނޭ ފަތުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމު އެއް ބާވަތެވެ. މިއީ ހަށިގަނޑަށް ފައިދާ ހުރި ބާވަތެއްކަން ގިނަމީހުންނަށް އެނގެއެވެ. އެހެންނަމަވެސް މުރަނގަފަތުން ލިބޭ ފައިދާ ތެރެއިން އަދި ތި އެގެނީ މަދު މިންވަރެކެވެ.

އިންޑިއާއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މުރަނގަ ފަތަކީ 300 އަށްވުރެ ގިނަ ބަލީގެ ފަރުވާހޯދުމަށް ބޭނުން ކުރެވޭނެ ބާވަތެވެ.

އެގޮތުން ލޭމައްޗަށް ދިއުމާއި ގުލްކޯޒް ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް މުރަނގަ ފަތް އެހީތެރިވެ ދެއެވެ. އަދި ޑައިރިޔާ ގެ މައްސަލަތަށް ދިމާވާނަމަ މުރަނގަ ފަތް މާމުތާއި، ކާށި ކިރާއި އެއްކޮށް ކޮންމެ ދުވަހަކު 2 ނުވަތަ 3 ފަހަރު ބޭނުން ކުރުމުން ޑައިރިޔާގެ މައްސަލަތަކަށް ހައްލެއް ލިބޭނެ އެވެ.

އޭގެއިތުރުން މުރަނގަ ފަތުގެ ދިޔައާއި އެކު ކެރެޓް ޖޫސް އެއްކޮށްގެން ބޭނުން ކުރުމުން މިއީ ކުޑަ ކަމުދާނިޒާމުގެ ބަލިތަކަށް ފަރުވާ އެކެވެ. އަދި ކޮލެސްޓްރޯލް ލެވެލް މައްޗަށް ދާ ބޭފުޅުންނަށްވެސް މުރަނގަ ފަތަކީ ފައިދާ ހުރި އެއްޗެކެވެ.

މުރަނގަ ފަތުގައި ގިނަ އަދަދަކަށް ނިއުޓްރިޝިއަން، ވިޓަމިން ސީ އަދި ޕޮޓޭޝިއަމް ހިމެނޭ ބާވަތެކެވެ. އޭގެ އިތުރުން މުރަނގަ ފަތުގައ ހިމެނޭ ޕްރޮޓީން ޔޯގަޓްގައި ހިމެނޭ ޕްރޮޓީން އަށް ވުރެ 9 ޕަސެންޓް އިތުރެވެ. އަދި ކެރެޓްގައި ހިމެނޭ ވިޓަމިން އޭ އަށްވުރެ މުރަނގަ ފަތުގައި ހިމެނޭ ވިޓަމިން އޭ 10 ޕްސެންޓް އިތުރުވާއިރު ކިރު ގައި ހިމެނޭ ކެލްސިއަމަށްވުރެ މުރަނގަ ފަތުގައި ހިމެނޭ ކެލްސިއަމް 15 ޕަސެންޓް އިތުރެވެ.

އޭގެ އިތުރުން ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމަށް ވުރެ 15 އިންސައްތަ އިތުރަށް މުރަނގަ ފަތުގައި ހިމެނެ އެވެ. އަދި އޮރެންޖަށް ވުރެ 12 ޕަސެންޓް އިތުރަށް ވިޓަމިން ސީ މުރަނގަ ފަތުގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355