ނިދަން އުދަނގޫވެގެން ނުވަތަ ނިދި ނައިސްގެން ރޭގަނޑު ގިނަ ވަގުތު ސޯޝަލް މީޑިއާގައި ވަގުތު ހޭއްދަކޮށްލާ މީހުން ވަރަށް ގިނަ އެވެ. ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ އަރާމު ނިދި ނުލިބޭ ވާހަކަ މިއީ އާ ވާހަކަ އެއް ނޫނެވެ. ކެއުމަށް ބޭނުންކުރާ ބައެއް ބާވަތުގެ އެއްޗެހިންވެސް ނިދުމަށް އުނދަގޫވެއެވެ. ނުވަތަ އަރާމު ނިންޏަކުން މަރުހޫމުކުރުވައެވެ. މި ތަކެތި އާންމުކޮށް ބޭނުން ކުރާނަމަ މަދުކޮށްލުން ކިހިނެތްވާނެ ތޯ އެވެ. ހާއްސަކޮށް ނިދާގަޑި ކައިރިވުމުންނެވެ.
ޑާރކް ޗޮކްލެޓް
ޗޮކްލެޓަކީ ގިނަ ބައެއްގެ އަނގަ ފޫހި ފިލުވާލުމަށް ގިނައިން ކެވޭ އެއްޗެކެވެ. މަސައްކަތެއް ކުރާއިރު ނުވަތަ ފިލްމެއް ކަހަލަ އެއްޗެއް ބަލާއިރު އަތުގައި ގިނައިން އޮންނަ އެއްޗަަކަށް ޗޮކްލެޓް ވެއެވެ. ޑާކް ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެެވެ. އެގޮތުން ހިތުގެ ބަލިތަކުން ދުުރުކޮށްދީ، ބްލަޑް ޕްރެޝާ އެއްވަރެއްގައި ހިފަހައްޓައިދީ ގިނަ އަދަދަކަށް މިނަރަލްސް ހިމެނޭ އެއްޗެކެވެ. ނަމަވެސް ހަމަ އެއާއެކު ގިނަ އަދަދަކަށް ކެފެއިންވެސް ހިނެމޭ ބައިވަތެކެވެ. ޗޮކްލެޓަށް ވުރެ ޑާކް ޗޮކްލެޓްގައި ކެފެއިން ހިމެނޭ މިންވަރު ގިނަ އެވެ. ނިދުމުގެ ގަޑި ކައިރިކޮށް ޑާކް ޗޮކްލެޓެއް ކައިފިނަމަ އިރު އަރަންދެން ފަންކާގެ ބުރު ގުނަން އޮންނަ ޖެހިދާނެ އެވެ.
ޓޮމާޓޯ ސޯސް
އާންމުކޮށް ކެއުމުގައި މި ހިމެނޭ ސްޕެގެޓީ ޕިއްޒާ ފަދަ ތަކެތީގައި ޓޯމާޓޯ ސޯސް ހިމެނެއެވެ. ގޭގައި އަމިއްލައަށް އެއްޗެއް ތައްޔާރުކޮށްލިއަސް ޓޮމާޓޯ ސޯސް މިއީ ކޮންމެހެން ބޭނުން ކުރަން ޖެހޭ ބާވަތެކެވެ. ޓޮމާޓޯގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނެއެވެ. އަދި މިއީ ކެންސަރު ޖެހުމަށް ދުރުކޮށްދޭ މޭވާ އެކެވެ. އެހެންނަމަވެސް ޓޮމާޓޯ ގައި ހިމެނޭ އެސިޑްގެ ސަބަބުން ރޭގަނޑުގެ ނިދުމަށް ހުރަސް އަޅަ އެވެ.
ސްޕައިސީ ފުޑް
ސްޕައިސީ ފުޑް ގެ ސަބަބުން ރޭގަނޑު މޭ އަންދާ ގޮތް ދިމާވެއެެވެ. އަދި ކުޅިކޮށް ކާނާ ބޭނުން ކުރާނަމަ ހަޖަމް ވުމަށްވެސް ދަތިތަކެއް ކުރިމަތި ވެެއެވެ. އެހެން ކަމުން ސްޕައިސީކޮށް އެއްޗެއް ކާނަމަ ނިދުމުގެ ވަގުތާ ކައިރިކޮށް ނުކާށެވެ. ރޭގަނޑު މިކަހަލަ ކެއުމެއް ބޭނުން ކުރާނަމަ ދިނުމުގެ ވަގުތަށް 2-3 ގަނޑިއިރު ދުރުކޮށް ކާށެވެ.