twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭގެ ފުރަތަމަ ހަފްތާގެ 7 ނަސީބުވެރިންނާ ފޯނު ހަވާލުކޮށްފި

Jan 19, 2016

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާރޓްފޯން ލިބޭ ޕްރޮމޯޝަންނެއް ކަމަށްވާ ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭގެ ފުރަތަމަ ހަފްތާގެ 7 ނަސީބުވެރިންނަށް ފޯނު ހަވާލުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގެ ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އައިފޯން ސިކްސް އެސް، އައިފޯން ސިކްސް އެސް ޕްލަސް، ސެމްސަންގް ގެލެކްސީ ސިކްސް އެޖް އަދި ސެމްސަންގް ގެލެކްސީ ސިކްސް އެޖް ޕްލަސް ތެރެއިން ފޯނެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަނުގައި މީހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން އަލަަށް ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަގާ ފަރާތްތަކަށް އެއްވެސް މަސައްކަތެއް ކުރުމަކާނުލައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ގުރުއަތުލައިގެން ފުރަތަމަ ހަފްތާ ތެރޭގައި ހޮވުނު ނަސީބުވެރި 7 ފަރާތް:

– 1 ވަނަ ދުވަސް – އިބްރާހިމް ރަޝީދު، ހއ.ކެލާ ސީސަންގެ

– 2 ވަނަ ދުވަސް – އަބްދުﷲ ޝަހީރު، ރޯސްމީޑްގެ، ބ.އޭދަފުށި

– 3 ވަނަ ދުވަސް – އަހުމަދު އާމިރު، ބ.ކަމަދޫ، ސަންލައިޓް

– 4 ވަނަ ދުވަސް – ޒަރީން ނަސީރު، ގ.ކާމިނީ އިރުމަތީގެ، ކ.މާލެ

– 5 ވަނަ ދުވަސް – މުހަންމަދު ސައީދު، ނިވާދޮށުގެ، ލ.މާބައިދޫ

– 6 ވަނަ ދުވަސް – މުހަންމަދު އަފީފް ހަސަން، ގ.އިޝްރާގް، ކ،މާލެ

– 7 ވަނަ ދުވަސް – ހާރޫން އިބްރާހިމް، ލައިނޫފަރުގެ، ދ.ކުޑަހުވަދޫ

މި ޕްރޮމޯޝަނަކީ ދިރާގުން އައު އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވާއިރު މިފަދަ އެހެނިހެން ހަރަކާތްތައް، ދިރާގުގެ އެހެން ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާނެކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355