twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭގެ ދެވަނަ ހަފްތާގެ ނަސީބުވެރިންނާ ފޯނު ހަވާލުކޮށްފި

Jan 26, 2016

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ސްމާރޓްފޯން ލިބޭ ޕްރޮމޯޝަން “ޕޯސްޓްޕެއިޑް ސްމާޓްފޯން ގިވްއަވޭ”ގެ ދެވަނަ ހަފްތާގެ 7 ނަސީބުވެރިންނަށް ފޯނު ހަވާލުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގެ ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އައިފޯން ސިކްސް އެސް، އައިފޯން ސިކްސް އެސް ޕްލަސް، ސެމްސަންގް ގެލެކްސީ ސިކްސް އެޖް އަދި ސެމްސަންގް ގެލެކްސީ ސިކްސް އެޖް ޕްލަސް ތެރެއިން ފޯނެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަނުގައި މީހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން އަލަަށް ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަގާ ފަރާތްތަކަށް އެއްވެސް މަސައްކަތެއް ކުރުމަކާނުލައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ގުރުއަތުލައިގެން ދެވަނަ ހަފްތާ ތެރޭގައި ހޮވުނު ނަސީބުވެރި 7 ފަރާތް:

8 ވަނަ ދުވަސް – މުހަންމަދު ހުސައިން، ގ.ހިޔަވާލި، މާލެ

9 ވަނަ ދުވަސް – ހުސައިން ރަޝީދު އަބްދުލް ޢައްފާރު، ނޫރު މަންޒިލް، ހއ. އުލިގަން

10 ވަނަ ދުވަސް – އަބްދުލް ރަހީމް ނާރެސް، ލ.ގަން، ތުނޑި

11 ވަނަ ދުވަސް – އަބްދުﷲ ސައީދު، މުލަމާގެ، ސ.ހިތަދޫ

12 ވަނަ ދުވަސް – އަބްދުލް ޤާދިރު އަހްމަދު، މއ.ފޮސީތިއާ، މާލެ

13 ވަނަ ދުވަސް – އިބްރާހިމް ނާޒިމް، ބްލޫ ލެގޫން، ސ.ހިތަދޫ

14 ވަނަ ދުވަސް – އަހުމަދު މަޝްހޫދް، ނޫމާގެ، ކ.ތުލުސްދޫ

މި ޕްރޮމޯޝަނަކީ ދިރާގުން އައު އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވާއިރު މިފަދަ އެހެނިހެން ހަރަކާތްތައް، ދިރާގުގެ އެހެން ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދާނެކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355