twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގުގެ 4ޖީ އެލްޓީއީގެ ހިދުމަތް ހއ.ދިއްދޫގައި ތައާރަފްކޮށްފި

Mar 19, 2016

ދިރާގު ބްރޯޑްބޭންޑް އިންޓަރނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތެރެއިން، ދިރާގުގެ 4ޖީ

އެލް.ޓީ.އީގެ ހިދުމަތް ހއ. ދިއްދޫއަށް މިއަދު ތައާރަފްކޮށްފި އެވެ.

4ޖީ އެލް.ޓީ.އީ ތައާރަފް ކުރުމަށް މިއަދު އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ މުހައްމަދު ހަސަންއާއި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލުގެ އިތުރުން ހއ.ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނާއި، ކައުންސިލަރުންނާ، އަދިވެސް ރަށުގެ ތަރައްގީއަށް މަސައްކަތްކުރައްވާ އިސް ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

މި ހިދުމަތް އެރަށުގައި ރަސްމީކޮށް ތައާރަފްކޮށް ދެއްވީ ހއ.ދިއްދޫގެ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާންވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ސިނާނު ވިދާޅުވީ 4ޖީ-އެލްޓީއީ ހިދުމަތުގެ ސަބަބުން ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށާއި ޒުވާނުންގެ ކުރިއެރުމާއި ތައުލީމަށްވެސް ބޮޑެތި ކުރިއެރުންތަކެއްލިބިގެން ދާނެ ކަމަށާއި އަދި އިންޓަނެޓުގެ ހިދުމަތް ބޭނުންކުރައްވާ ފަރާތަކަށް ޒިންމާދާރު އުސޫލުތަކުގެ މަތިން މިހިދުމަތް ބޭނުން ކުރެއްވުމަށް ނަސީހަތްތެރިވި އެވެ.

އަދި ދިރާގުން މިފަދަބޮޑު ހިދުމަތައް ހއ. ދިއްދޫގެ ރައްޔިތުންނަށް ފަހިކޮށްދެއްވިކަމަށްޓަކައި އިބްރާހީމް ސިނާން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދިރާގުން ދިވެހިރާއްޖޭގެ އާބާދީގެ %56 އަށް ދިރާގު 4ޖީ-އެލް.ޓީ.އީގެ ހިދުމަތް ފުޅައުކޮށްފައި ވާއިރު މި ހިދުމަތް މިހާރު ވަނީ ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީ އައްޑޫ ސިޓީ، ޏ. ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫގެ އަދި ޅ. ނައިފަރުގައި ވެސް ރަސްމީކޮށް އިފްތިތާހްކޮށްފަ އެވެ.

މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެންނިހެން ސަރަހައްތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މިވަނީ އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355