twitterviber whatsapp telegramfacebookyoutube instagram
25th April 2024

އައިފޯން އެސްއީ ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި

Mar 30, 2016

ދުނިޔޭގެ ބާޒާރުގައި ސްމާޓްފޯން ލިބެން ހުރި އަގުތަކަށް ވުރެ މާ ހެޔޮ އަގުތަކަކާއިއެކު އެންމެ ފަހުން އެޕަލް އައިފޯން އެސްއީގެ ޕްރީއޯޑަރަށް ދިރާގުން ހުޅުވާލައިފިއެވެ.

އެގޮތުން އައިފޯން އެސްއީ އެންމެ 7799/- އަށް ދިރާގުން ލިބޭއިރު 12 މަސްދުވަހުގެ ކޮންޓްރެކްޓް ޕްލޭނަކާއިއެކު މި ފޯން ނަންގަވާ ފަރާތްތަކަށް އެންމެ -/3999 ދައްކަވައިގެން މިފޯން ލިބެންހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮންޓްރެކް ޕްލޭންގެ ދަށުން ނަގާ ފަރާތްތަކަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖަކާއިއެކު އެސްއެމްއެސް އާއި، 1 ޖީބީގެ ޑާޓާ އާއި 1500 މިނެޓުގެ ޓޯކްޓައިމް އެލަވަންސެއްގެ އިތުރުން ހިލޭ ގުޅޭ އެއް ނަންބަރުވެސް މި ޕެކޭޖުގެ ތެރެއިން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އެޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށްހުޅުވާލެވިފައި ވާއިރު 6 ވަނަ ދުވަހުން ފެށިގެން ޝަރުތު ހަމަވެ ފައިސާ ދައްކާ ފަރާތްތަކަށް ފޯން ހަވާލުކުރަން ފެށޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެއިތުރުން އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށްވެސް އެއް އަގުތަކެއްގައި ތަފާތު ކުރުމެއްނެތި އައިފޯން އެސްއީ ޕްރީ އޯޑަރު ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ފޯން ތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ވީހާވެސް އަވަހަކަށް، އެންމެ ހެޔޮއަގުގައި ފޯރުކޮށްދޭޏް ކަމަށާއި އައިފޯން އެސްއީގެ ޕްރީ އޯޑަރަށްވެސް ހުޅުވާލީ ދިރާގު ކަސްޓަމަރުނަކީ މި ފޯނު ލޯންޗް ވެގެންދާއިރު އެންމެ ފުރަތަމަ ފޯން ލިބޭ ކަސްޓަމަރުންގެ ގޮތުގައިވުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ.

އެޕަލް އައިފޯން އެސްއީ އަކީ އަތަށް ހެޔޮވަރު ސައިޒެއްގެ ކުޑަފޯނެއް ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެންމެފަހުގެ ފީޗާސް ތަކާއިއެކު އެޕަލްއިން ތައާރަފް ކޮށްފައިވާ ފޯނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355