twitterviber whatsapp telegramfacebookyoutube instagram
11th November 2026

ދިރާގުން ހުރިހާ ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 25 ޕަސެންޓު އިތުރު ޑޭޓާ ދެނީ

Apr 16, 2016

ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓުގެ އިތުރު ޑާޓާ އެލަވަންސް، މި ހިނގާ އޭޕްރިލް މަހުގެ އިތުރުން މި އަންނަ މެއި މަހު ދިނުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ މި އޭޕްރިލް މަހުގެ އެލަވަންސަށް އެ ބޭފުޅަކު މިހާރު ބޭނުން ކުރައްވަމުން ގެންދަވާ ޕެކޭޖުގެ 25 ޕަސެންޓު އިތުރު ޑޭޓާ މިހާރުން ފެށިގެން ލިބިފައިވާނެ ކަމަށާއި، އަދި މެއި މަހުގެ 25 ޕަސެންޓުގެ އެލަވަންސް މެއި މަހުގެ 1 ވަނަ ދުވަހު ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ފައިބާ އަލްޓްރާ ފާސްޓް، އަދި އޭޑީއެސްއެލްގެ ހިދުމަތް ބޭނުން ކުރައްވަމުން ގެންދަވާ ހުރިހާ ރެސިޑެންޝަލް އަދި ބިޒްނަސް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ.

‘ދަ ބިގް ބައިޓް ގިފްޓް’ ނަމުން ދިރާގުން ދޭން ނިންމާފައިވާ މި ހަދިޔާއަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ބޭނުންކުރައްވަމުން ގެންދަވާ ކަސްޓަމަރުންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް އަލަށް ނަންގަވާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ހަދިޔާއެއް ކަމަށް އެކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293