twitterviber whatsapp telegramfacebookyoutube instagram
15th July 2025

ސިހުރު ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫ ސިއްހީ މަރުކަޒުގެ ޒިންމާދާރުވެރިޔާ ހައްޔަރު ކޮށްފި

Apr 26, 2016

ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ.އިހަވަންދޫ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ހައްޔަރު ކޮށްފިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 55 އަހަރުގެ އަހުމަދު ރަޝީދު މޫސާ އެެެވެ. އަދި މި މައްސަލާގައި އަހުމަދު ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް މައްސަލައާއި ގުޅުން ހުރި ތަކެތި ވަނީ ފެނިފައިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރޭ 7:20 އެހާކަށްހާއިރު ކޯޓު އަމުރެއްގެ ދަށުން ސިހުރު ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫއިން ގެއެއް ބަލައި ފާސްކޮށް 55 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާއި ގުޅުންހުރި ތަކެތިވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން މީހާރު ތަހުގީގު ކުރަމުން ދާއިރު މި އަހަރުގެ ޖެނުއަރީ މަހުވެސް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި 24 އަހަރާއި 25 އަހަރުގެ ފިރިހެނަކު އިހަވަންދޫއިން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355