twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަލާކު ކުރެވުނު އުންމަތްތަކުގެ ވާހަކަ- ނޫހުގުފާނުގެ ގައުމުގެ މީހުން (3)

May 13, 2016

ތިންވަނަ ބައި

ނޫޙްގެ ފާނުގެ ދައުވަތު މިސްތަކުންނާއި ހަމައަށް ފޯރި ހިނދު އެބައި މީހުން ހީކުރީ އެކަލޭގެފާނުގެ ދައުވަތަކީ އިސާހިތަކު ނެތި ހިނގައި ދާނެ ދައުވަތެއް ކަމުގައެވެ. ނަމަވެސް އެބައިމީހުން ހީކުރިގޮތާއި ހިލާފަށް އެބައިމީހުންގެ ތެރޭގައި ހިމެނޭ ނިކަމެތިންނާއި އެއްވެސް ބާރެއް ލިބިފައިނެތް އާދައިގެ މީސްތަކުން އެކަލޭގެފާނަށް ތަބާވާތަން ފެނުނު ހިނދު އެބައިމީހުންގެ ބޮޑުންގެ ބަހުގެ ހަމަލާތަކާ ކުރިމަތި ލައްވަން ނޫޙުގެފާނަ ޖެހިވަޑައިގަތެވެ. ކީރިތި ގުރުއާނުގެ ސޫރަތުލް ޙޫދުގެ 25 ވަނަ އާޔަތުން 27 ވަނަ އާޔަތަށް ވަހީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.

“ހަމަކަށަވަރުން ނޫޙްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުން ގާތަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (ވިދާޅުވެ އެންގެވުމަށެވެ.) ހަމަކަށާވަރުން އަހުރެންނީ، ތިޔަބައި މީހުންގެ ގާތަށް ފޮނުއްވެވި ބަޔާންވެގެންވާ އިންޒާރުކުރާ މީހަކީމެވެ. ﷲ އަށްމެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރާހުށި ކަމެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ އަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭފާނު ބިރުފުޅުގެން ވަޑައިގަންނަވަމެވެ. ފަހެ އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުނެފޫ އެވެ. ތިމަންމެން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ ތިމަންމެން ކަލޭގެފާނު ނުދެކެމު އެވެ. އަދި ކަލޭގެފާނަށް ތަބާވި މީހުންނަކީ ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން ތަބާވީ) މަތި މަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބއިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ ތިޔަބައިމީހުންނީ ދޮގުހަދާ ބަޔަކު ކަމަށެވެ!”

ބޮޑުންގެ ހުށައެޅުން

ނޫޙްގެފާނާއި، ކާފިރުވި މީސްތަކުންގެ މެދުގައި ހިލާފުތަށް އުފެދި ދެބަސްވާން ފެށުނުހިނދު، ކާފިރުވި މީސްތަކުން ނޫޙްގެފާނަށް ދެންނެވޫ އެވެ. އޭ ނޫޙްގެ ފާނެވެ. ތިމަންމެން ކަލޭގެފާނަށް ތަބާވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ނަމަ ކަލޭގެފާނަށް ތަބާވެގެން އުޅޭ ތިމަންމެންގެ އާދައިގެ ނިކަމެތިން ދޫކޮށްލައްވާށެވެ! ތިމަންމެންނަކީ ގަދަރުވެރި މުއްސަދިންނަށް ވާއިރު އެބައިމީހުންނަކީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި މީހުންނެވެ. އެބައިމީހުން ދޫކޮށް ނުލައްވާހާ ހިނދަކު ތިމަންމެން ކަލޭގެފާނަކަށް ތަބައެއް ނުވާނޫ އެވެ.

ނޫޙްގެ ފާނަކީތޫނު ފިލި ބޭފުޅަކަށް ވުމާއި، އެކަލޭގެފާނުގެ މަސްއޫލިއްޔަތު ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭކަލަކަށް ވުމާއެކު، އެބައިމީހުންގެ ހުށައެޅުންގަބޫލެއް ނުކުރެއްވި އެވެ. އަދި އެބައިމީހުން ދޫކޮށްނުލައްވާނެ ކަމަށާއި، އެބައިމިހުންނަކީ އެކަލޭގެފާނުގެ މެހުމާނުން ނޫންކަމަށާއި އެހެނެއްކަމަކު ﷲ ހެ މެހުމާނުން ކަމުގައި އެންގެވި އެވެ.

(ނުނިމޭ)

– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355