ދިރާގުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހާްއްސަ އިންޓަނެޓް ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ދިރާގުގެ ފިކްސްޑް ބުރޯޑްބޭންޑް ނެޓްވޯކް ގާއިމް ކުރެވިފައި ނުވާ ރަށްރަށުގައި ހިންގަމުން ގެންދާ ކޮންމެ ގެސްޓްހައުސް ވިޔަފާރިއަކަށްވެސް ދިރާގުން ތައާރަފްކުރި ގެސްޓްހައުސް އިންޓަނެޓް ގެ ހިދުމަތް ހޯއްދެވޭނެ އެވެ އަދި ކޮންމެ ގެސްޓްހައުސް އަކަށްވެސް ހާއްސަ ކޭބަލް ކަނެކްޝަނެއް ދިރާގުން ގާއިމުކުރާނެ އެވެ.
މި ޕެކޭޖާއި އެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި ކްލައުޑް-ބޭސްޑް ސެންޓްރަލައިޒްޑް ވައިފައި މެނޭޖްމަންޓް ސިސްޓަމާއި ޔުނިފައިޑް ތްރެޓް މެނޭޖުމަންޓް ޓްރެފިކް އެނަލައިޒްކޮށް ބޭނުން ކުރެވޭ މިންވަރު ވަގުތުން މެނޭޖްކުރުމާއި ގެސްޓް ޕޯޓަލް ބްރޭޑްކޮށްފައިވާ ގެސްޓް ލޮގިން ޕޭޖާއި ގެސްޓުންނަށް ތަފާތު ޕެކޭޖުތަށް ފަރުމާކުރުމާއި ފަސޭހަކަމާއިއެކު އެކްސެސް ކޯޑް ޖެނެރޭޓްކުރުން އަދި އޭގެ އިތުރުން ހާއްސަ ރިލޭޝަންޝިޕް މެނޭޖުމަންޓާއި 24 ގަޑިއިރުގެ ޓެކްނިކަލް ސަޕޯޓް ލިބިވަޑައިގަންނާނެ އެވެ
މި ހިދުމަތާއި އެކު ފައިބަރ އޮޕްޓިކަލް ކޭބަލާއިއެކު އަވަސް އިންޓަނެޓްގެ ހިދުމަތް އެންމެ ޒަމާނީ ކްލައުޑް ވައިފައި ނެޓްވަރކް ސިސްޓަމް މެދުވެރިކޮށް އަމިއްލަ ވައިފައި ހޮޓްސްޕޮޓް ހިދުމަތާއި އެކު ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ހުޅުވިގެންދާނެ އެވެ.
މި މެއި މަހުގެ ތެރޭގައި މި ހިދުމަތް އެޕްލައި ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ސެޓަޕް ފީ ގެ 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ދިރާގުން ބުނެ އެވެ. އަދި މި ހިދުމަތަކީ ފުލެކްސިބަލް ޕެކޭޖުތަކެއް ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.