twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ދިރާގު 4ޖީ ގެ ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފް ކޮށްފި

May 26, 2016

ދިރާގު ބްރޯޑްބޭންޑް އިންޓަރނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލް.ޓީ.އީގެ ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފްކޮށްފިއެވެ.

ދިރާގުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ-އެލް.ޓީ.އީގެ ހިދުމަތް ފުޅާކޮށްފައިވާ އިރު އަލަށް ތައާރަފް ކުރެވުނު ރަށްތަކަކީ، ޅ. ހިންނަވަރު، ނ. ވެލިދޫ، އަދި ރ. ދުވާފަރެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ފޯރުކޮށްދީފައި ވާއިރު މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ސަރަހައްތަކަށް 4ޖީ-އެލް.ޓީ.އީގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މިހިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355