twitterviber whatsapp telegramfacebookyoutube instagram
7th June 2026

އެވްރީތިން ރެޑާއި އުރީދޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

May 28, 2016

މޯބައިލް މަނީ ގެ ހިދުމަތް ދިނުމަށް އެވްރީތިން ރެޑާއި އުރީދޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެވްރިތީން ރެޑް ކުންފުނިން ވަނީ މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތުގެ ހިދުމަތް ހިންގަން އުރީދޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެވްރީތިން ރެޑް ކުނަފުންޏަކީ ރާއްޖޭގައި ކާތަކެއްޗަށް އޯޑަރު ދެވޭގޮތަށް މޮބައިލް އެޕެއް ހެދި ފުރަތަމަ ކުންފުންޏެވެ. މި އެޕް ބޭނުންކޮށްގެން 70 އަށް ވުރެން ގިނަ ރެސްޓޯރެންޓުން ފުޑް އޯޑާ ކުރެވެއެވެ.

ފައިސާ ދެއްކުމުގެ ހިދުމަތް މޮބައިލް މަނީ ހިދުމަތް މެދުވެރިކޮށް އަދި ފެށިފައިނުވާ ނަމަވެސް ވަރަށް އަވަހަށް އެ ހިދުމަށް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކަސްޓަމަރުންނަށް އެވްރީތިން ރެޑް ޕްރޮޑަކްޓްސް ތަކަށް އުރީދޫ މޯބައިލް މަނީގެ ހިދުމަށް ބޭނުންކޮށްގެން ފައިސާ ދައްކާލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355