twitterviber whatsapp telegramfacebookyoutube instagram
18th August 2019

ބްރެޑް ޕިއްޒާ

Jun 7, 2016

ބޭނުންވާ ތަކެތި

1 ބްރެޑް

މޮޒޮރެއްލާ

ސޮސެޖް

ޓޮމާޓޯ ސޯސް

ފިޔާ، ޕެޕާސް

ހަދާނެ ގޮތް

ބްރެޑް މެދުން ފަޅާލުމަށްފަހު ބްރެޑްގެ އެތެރެގަނޑު ރީތިކޮށް ނަގާށެވެ. އެއަށްފަހު ބްރެޑް ތެރޭގައި ޓޮމާޓޯ ސޯސް ހޭކުމަށްފަހު ސޯސް މަތިން މޮޒޮރެއްލާ އަޅާށެވެ. އެއަށްފަހު ފިޔާ ޕެފާސް އެޅުމަށްފަހު އޭގެ މަތިން ސޮސެޖްތައް އަތުރާށެވެ. ސޮސެޖް މަތިން އަނެއްކާވެސް ސޮސެޖުތައް އެއްކޮށް ފޮރުވޭވަރަށް ޓޮމާޓޯ ސޯސް އަދި މޮޒޮރެއްލާ އަޅާށެވެ. އެއަށްފަހު ބްރެޑްގެ އަނެއްފަޅި މަތިން ޖެހުމަށްފަހު މަތީގައި މޮޒޮރެއްލާ އަދި ސޮސެޖު އަތުރާށެވެ. އެއަށްފަހު 30 މިނެޓް ވަންދެން 175 ސެލްސިއަސް ގައި ފިހާށެވެ.

ބްރެޑްގެ ބަދަލުގައި ޕާންވެސް ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355