twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޯދަމަހު އުރީދޫގެ ކަސްޓަމަރުންނަށް 100 ފަސެންޓާ ހަމައަށް ފައިދާ !

Jun 7, 2016

ބަރަކާތްތެރި ރަމަޟާން މަސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން  100 ޕަސެންޓާއި ހަމައަށް އިތުރު ފައިދާތަކެއް ލިބިގެންދާ ވަރަށް ހާއްސަ ހިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އުރީދޫއިން ތައާރަފް ކޮށްފި އެވެ.

އެގޮތުން ރޯދަމާހާއި ދިމާކޮށް ގިފްޓް އަ ޑޭޓާ ޕްކެ ގެ އިތުރުން ރިފަރ އެންޑް ވިން ޕްރޮމޯޝަން މެދުވެރިކޮށް އެއް އަހަރު ދުވަހުގެ އެޕާރޓްމެންޓް ކުލި ހިލޭ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އުރީދޫގެ ހިދުމަތްތައް އާއިލާގެ މެމްބަރަކު ނުވަތަ ރައްޓެއްސަކަށް ތައާރަފްކުރުމާއި އެކު، އުރީދޫ އާއި ގުޅުމަށް ރިފަރ ކުރަށްވާ ބޭފުޅަކަށް 3 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕަރޓްމެންޓެއް ހިލޭ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. 200،000 ރ. ގެ މި ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ރިފަރ ކުރެއްވި ބޭފުޅާގެ އިތުރުން، އުރީދޫ އާއި އަލަށް ގުޅުނު ކަސްޓަމަރަށްވެސް އޮންނާނެއެވެ.

މި ޕްރޮމޯޝަންގާއި ބައިވެރިވުމަށް، “REFER”  ޖައްސަވާފައި 5959 އަށް މެސެޖްކުރުމުން ލިބޭ ކޯޑް، އުރީދޫ އާއި ގުޅެން ބޭނުންވާ ކަސްޓަމަރު މެދުވެރިކޮށް، ނަމްބަރު އެކްޓިވޭޓް ކޮށްދެއްވާ ފަރާތާއި ހަވާލުކުރަށްވާށެވެ. ރިފަރ އެންޑް ވިން ޕްރޮމޯޝަން ކުރިއަށްދާނީ ރަމަޟާން މަހުން ފެށިގެން، އޮގަސްޓް މަހުގެ ނިޔަލަށެވެ. އަދި ގްރޭންޑް ޕްރައިޒްގެ ލަކީ ޑްރޯ ނެގޭނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެވެ.

އުރީދޫގެ ގިފްޓް އަ ޑޭޓާ ޕެކް މެދުވެރިކޮށް، އާއިލާ އާއި ރައްޓެހިންނަށް ވަރަށް ފަސޭހަކަމާއި އެކު ޑޭޓާ ޕެކޭޖް ހަދިޔާ ކުރެވޭނެއެވެ. ޑޭޓަރ ޕެކް އެއް ހަދިޔާ ކުރެއްވުމަށް، *929# ޖައްސަވައި، “އުރީދޫ ޑޭޓާ ޕެކްސް” ޚިޔާރުކުރެއްވުމަށްފަހު، “ގިފްޓް ޑޭޓާ” ސެކްޝަން މެދުވެރިކޮށް ކުރިއަށް ގެންދަވާށެވެ.

މީގެ އިތުރުން ވެސް މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ޑޭޓާ ޕެކޭޖް އެކްޓިވޭޓްކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، ބައްލަވައިގަނެވުނު އަދަދުގެ %100 އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި 100 ރ. އަށް ވުރެ އިތުރުން ކުރަށްވާ ކޮންމެ ރީޗާޖް އަކަށް %25 އާއި ހަމައަށް ބޯނަސް ކްރެޑިޓް ލިބޭނެއެވެ.

މީގެ އިތުރުން ރޯދަމަހަށް މުޅިން ހިލޭ ހިދުމަތްތަކެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ގޯ ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވުމުން ނަމާދު ވަގުތުތަށް ލިބިވަޑައިގަންނަވާނެ އެވެ. ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID”  ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވުމުން މި ހިދުމަތް ވެސް ހިލޭ ލިބިގެން ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355