twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެރެޓް ނޫޑްލްސް ވިތް ޗިކަން އެންޑް ޕީނަޓް ސޯސް

Jun 11, 2016

ބޭނުންވާ ތަކެތި:

1/3 ޖޯޑު ޕީނަޓް ބަޓާރ

¼ ޖޯޑު ރައިސް ވިނެގާރ

¼ ޖޯޑު ސޯޔާ ސޯސް

1 ކެރެޓް (ދިގުކޮށް ހަނިކޮށް ކޮށާފަ)

1 ކިއުކަންބާ (ކުދި ކުދިކޮށް ކޮށާފަ)

ކުޑަ ލޮނުކޮޅެއް

1 ޖޯޑު ކުކުޅު މަސް (ރޯފިލުވާފަ)

ސިލަންޓްރޯ

ކުޑަ ތެޔޮ ކޮޅެއް

ކުޑަ ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޕީނަޓް ސޯސްކޮޅު ތައްޔާރުކޮށްލަމާ ހެއްޔެވެ. ތައްޓަކަށް ރައިސް ވިނެގާ، ސޯޔާސޯސް، އަދި ފީނަޓް ބަޓާރ ކޮޅު އަޅާ އެއްކޮށް ލާށެވެ.

އެއަށްފަހު ކެރެޓް ކޮށާށެވެ. ކެރެޓް ކޮށާނީ ދިގުކޮށް ހަނިކޮށެވެ. އަދި ތަވާ އުނދުން މައްޗަށް އުދާ ތެޔޮކޮޅު އަޅާށެވެ. ތެޔޮކޮޅު ހޫނު ވުމުން އޭގެ ތެރެއަށް ކެރެޓް އަދި ލޮނު ކޮޅު އަޅާ ރަނގަޅަށް ކެރެޓް ކޮޅު މޯޅި ވަންދެން ހާކާށެވެ. އެއަށްފަހު ކިއުކަންބާ އަދި ކުކުޅު މަސްކޮޅު އަޅާށެވެ. 2 މިނެޓް ކައްކާ ލުމަށްފަހު އޭގެ ތެރެއަށް ޕީނަޓް ސޯސްކޮޅު އަދި ސިލަންޓްރޯ ފަތްކޮޅު އަޅާށެވެ.

ކެރެޓް ނުޑްލްސް މިހުރީ ތައްޔާރުކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355