ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ ދިރާގު ރޯދަ ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމް ހަވާލުކޮށްފި އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ.
މީގެ އިތުރުން ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި ‘އެލްޖީ ހޯމް ޕެކް’ އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ.
އެގޮތުން އިއްޔެގެ ޕްރޮގްރާމްގައި ވޭތުވެދިޔަ ހަފްތާގެ ނަސީބުވެރިޔާ ހ.ސޯސަން ވިލާ، ޑރ. އަބްދުﷲ ޖުނައިދާއި ރަސްމީކޮށް އިނާމް ހަވާލުކޮށް،ދެ ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. ެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ.
މީގެ އިތުރުންވެސް ދިރާގުން ރޯދަމަހާ ދިމާކޮށް އެކި ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ އިނާމް ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަނަކީ ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.